logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާމެޗުގައި ރަތް ކާޑު ނުދެއްކުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ކޮމިޓީން އެއްބަސްވެއްޖެ

އަބްދުﷲ ޣާނިމް
8 އޭޕްރީލު 2026 - 03:45
ބާސާމެޗުގައި ރަތް ކާޑު ނުދެއްކުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ކޮމިޓީން އެއްބަސްވެއްޖެ

ސްޕެއިންގެ ލަ މުސާބަގާތުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް މާޓިންއަށް ރަތް ކާޑު ނުދެއްކުމަށް ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ޓެކްނިކަލް ކޮމިޓީ (ސީ.ޓީ.އޭ) އިން އެއްބަސްވެއްޖެއެވެ.

ބާސެލޯނާއިން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރި މި މެޗުގެ ދެވަނަ ހާފުގައި، ތިއާގޯ އަލްމާޑާގެ ފައިގެ ކޮޅަށް އެރި މައްސަލައިގައި ރެފްރީ ބުސްކެޓްސް ފެރޭ ފުރަތަމަ ނިންމީ މާޓިންއަށް ރަތް ކާޑު ދެއްކުމަށެވެ. ނަމަވެސް ވީ.އޭ.އާރް (VAR) ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް، އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާއާ ގުޅިގެން ސީ.ޓީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެފްރީގެ އަސްލު ނިންމުން ކަމަށްވާ ރަތް ކާޑު ދެއްކުމުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. "މިއީ ނުރައްކާތެރި ފައުލްއެއްގެ މައްސަލައެއް. ބޯޅައިގައި ފުރަތަމަ ކޮން ކުޅުންތެރިއަކު ކީއްކުރި ކަމަކީ މި ހާލަތުގައި މުހިންމު ކަމެއް ނޫން. މިފަދަ ކަމަކަށް ދޭންޖެހޭނެ އެންމެ ރަނގަޅު އަދަބަކީ ރަތް ކާޑު،" ކޮމިޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން އެ ކޮމިޓީން ވަނީ މި ހާދިސާގައި ވީ.އޭ.އާރް އިން މެދުވެރިވި ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސީ.ޓީ.އޭ އިން ދެކޭގޮތުގައި ދަނޑުމަތީގައި ރެފްރީ ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާއިރު، ވީ.އޭ.އާރް އިން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.

ކޮމިޓީން އިތުރަށް ބުނެފައިވަނީ ވީ.އޭ.އާރް އިން މައްސަލަ އަލުން ބެލުމަށް ލަފާދިނުމުގެ ސަބަބުން، ވަގުތުން ވަގުތަށް ރަނގަޅަށް ނިންމާފައިވާ ނިންމުމެއް ނުބައިކޮށް ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ. އަދި ރެފްރީ އޭނާގެ ފުރަތަމަ ނިންމުމުގައި ސާބިތުވެ ހުންނަންޖެހޭނެ ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށްކުޅިވަރު | 2 ދުވަސް ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 3 ދުވަސް ކުރިންމިރޭގައި ކުޅޭ މެޗު ފެށުމުގެކުރިން ފްލިކް ޝަކުވާކުރަންފަށައިފި، މިފަހަރު ގޯސްވީ ދަނޑުގެ ވިނަގަނޑުކުޅިވަރު | 4 ދުވަސް ކުރިންޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | 6 ދުވަސް ކުރިން