logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯއަތުން ހިތިގޮތަކަށް ބަލިވެ ޗެންޕިއަންސް ލީގުން ކެޓުމުގެ ބިރުހީވެއްޖެ

އަބްދުﷲ ޣާނިމް
9 އޭޕްރީލު 2026 - 03:21
ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯއަތުން ހިތިގޮތަކަށް ބަލިވެ ޗެންޕިއަންސް ލީގުން ކެޓުމުގެ ބިރުހީވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ބަލިވެ، ބާސެލޯނާ މުބާރާތުން ކަޓާފާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި އެތުލެޓިކޯއިން ލީޑު ނެގީ ބާސެލޯނާގެ ޒުވާން ޑިފެންޑަރު ޕާއު ކުބާސީއަށް ރަތް ކާޑު ދެއްކިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މާކަސް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރު ހުއްޓުވިއިރު، ލަމީން ޔަމާލް އޮފްސައިޑްވުމުގެ ސަބަބުން ރަޝްފޯޑް ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަންނަން ނިންމިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުވަގުތު ކުބާސީ، އެތުލެޓިކޯގެ ޖޫލިއާނޯ ސިމިއޯނީއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. އެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން ހޫލިއަން އަލްވަރޭޒް ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައި އެތުލެޓިކޯއަށް ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، ހަންސީ ފްލިކްގެ ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ރަޝްފޯޑް ފޮނުވާލި ބާރު ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ޖޮއާއޯ ކަންސެލޯ ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ބާސެލޯނާއިން ކުރިއަށް އަރައި ކުޅެމުންދަނިކޮށް، މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އެލެގްސެންޑަރ ސޯލޮތު ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގައި ރަތް ކާޑު ދެއްކި ކުބާސީ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ޓީންއޭޖް އުމުރުގައި ދެ ފަހަރަށް ރަތް ކާޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ބާސެލޯނާއިން 18 ހަމަލާ އުފެއްދިއިރު، އެތުލެޓިކޯއަށް އުފެއްދިފައިވަނީ އެންމެ 5 ހަމަލާއެވެ. ނަމަވެސް އެތުލެޓިކޯގެ ފޯވާޑުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ.

ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް އަންނަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި ބާސެލޯނާއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ސެމީއަށް ދިއުމަށްޓަކައި ބާސެލޯނާއިން މަދުވެގެން ދެ ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކުރަން ޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަދާޢީ މެޗުގައި ގޯލުޖަހައި ލެވަންޑޮވްސްކީގެ ބާސާގެ ކާމިޔާބު ކެރިއަރު ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެކުޅިވަރު | 7 ދުވަސް ކުރިންލެވަންޑޯސްކީއަށް ކޭމްޕް ނޯއިން އަލްވަދާއު ކިޔައި، ބާސެލޯނާއިން ރެކޯޑަކާއެކު މޮޅުވެއްޖެކުޅިވަރު | 7 ދުވަސް ކުރިން