logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2025 - 03:50
މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި

ފެރާން ޓޮރޭސް (shark) ގެ ހިތްގައިމު ހެޓްރިކާއެކު ބާސެލޯނާ އިން ލަލީގާގެ އެއްވަނަ މަގާމުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރެއަލް ބެޓިސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ބާސައިން ކާމިޠާބުކުރި 5-3 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި އެންމެ 6 މިނެޓުގައި އެންޓޮނީ ލަނޑު ޖަހައި ބެޓިސްއަށް ލީޑު ނަގައިދިނެވެ. ނަމަވެސް އޭގެ 5 މިނެޓުފަހުން ފަހުން ޓޮރޭސް ވަނީ ގޯލުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޓޮރޭސް މި ލަނޑު ޖެހީ ޖޫލްސް ކުންޑޭ ދިން ބޯޅައަކުންނެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އަލްވާރޯ ވައްލޭސްގެ ދެފައި ދޭތެރެއިން ބޯޅަ ފޮނުވާލައިގެން ޓޮރޭސް ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގެ ތިރީސް މިނެޓު ފަހުން ރޫނީ ބާޑްގްޖީ ވަނީ އޭނާގެ ކުލަބަށް ފުރަތަމަ ގޯލު ޖަހައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ފަސް މިނެޓު ކުރިން ޓޮރޭސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭނާ ގޯލާ 20 ޔާޑު ދުރުން ފޮނުވާލި ބޯޅަ ޑިފްލެކްޓްވެގެން ގޮސް ވައްލޭސްއަށް ހުއްޓުވުމުގެ ފުރުސަތެއް ނުލިބި ގޯލުގެ ދުރު ކަނަށް ވަދެގެން ދިޔައެވެ.

ބެޓިސްގެ ހާލަތު އިތުރަށް ގޯސްވީ މާކް ބާޓްރާ އަތުގައި ބޯޅަ ޖެހިކަމަށް ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީއެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޔަމާލްއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބެޓިސްއިން ވަނީ އިތުރު ދެގޯލުޖަހައި ނަތީޖާ 3-5 އަށް ބަދަލުކޮށްފައެވެ.

މިމޮޅާއެލު ލީގުގައި ބާސާއަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެއްމެޗު މަދުން ކުލެފައިވާ ރެއާލް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 3 ގަޑިއިރު ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 4 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިންޕެރޭޒްއަށް ބާސެލޯނާގެ ރައީސްގެ ވަރުގަދަ ރައްދެއް، އަސްލު އެއްވަނައިގައި އޮންނަންޖެހޭނީ އަހަރެމެންކުޅިވަރު | 8 ދުވަސް ކުރިން