logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފި

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2025 - 17:14
ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފި

ސްޕެއިންގެ ފުޓްބޯޅައިގެ ދެ ލެޖެންޑުން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ، އެމީހުންގެ ކުޅުމުގެ ދިގު ކެރިއަރަށް ނިމުން ގެނެސް ރިޓަޔާކޮށްފިއެވެ. އެ ދެ ކުޅުންތެރިން އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގައި އިންޓަރ މިއާމީ އަށް ކުޅުނު އެންމެ ފަހުގެ މެޗަކީ ފޯޓް ލޯޑަރޑޭލްގައި ހުންނަ ޗޭސް ސްޓޭޑިއަމްގައި ވެންކޫވަރ ވައިޓްކެޕްސް އާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވި މެޗެވެ. މި ދެ ކުޅުންތެރިން ވަނީ މި ސީޒަން ނިމުމާއެކު ކުޅުން ހުއްޓާލާނެކަން ކުރިން އިއުލާނުކޮށްފައެވެ.

އަލްބާ އާއި ބުސްކެޓްސް ދެ މީހުން ވެސް މި މެޗު ފެށިއިރު، އިންޓަރ މަޔާމީއަށް އެމްއެލްއެސް ކަޕްގެ ފުރަތަމަ ތަށި ހޯދައިދިނުމުގައި ލިއޮނަލް މެސީ ދިން ދެ އެސިސްޓް މުހިންމު ދައުރެއް އަދާކުރިއެވެ. މެޗުގެ ބޮޑުބައި ވެންކޫވަރ ވައިޓްކެޕްސްގެ ޕްރެޝަރެއް އިންޓަރ މިއާމީއަށް ކުރިމަތިވި ނަމަވެސް، މިއާމީއަށް މޮޅު ހޯދުމަށް އެ ދެ ކުޅުންތެރިންގެ ތަޖުރިބާ އެހީތެރިވިއެވެ. މެޗުގެ ތިން ވަނަ ލަނޑުގައި އަލްބާގެ ބައިވެރިވުން ފާހަގަކުރެވުނެވެ. އަލްބާ ފޮނުވާލި ބޯޅަ މެސީ ކޮންޓްރޯލްކޮށް، ޓަޑިއޯ އެލެންޑޭއަށް ފޮނުވާލި ބޯޅައިން މަޔާމީ މެޗު ޔަޤީންކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް އަކީ ބާސެލޯނާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން ބުސްކެޓްއަކީ ބާސެލޯނާގެ ތާރީޚުގައި އުފެދުނު އެންމެ މޯޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެގޮތުން ބުސްކެޓް ބާސެލޯނާއަށް 700 އަށް ވުރެ ގިނަ މެޗު ކުޅެ، ލަލީގާގެ 9 ތަށި އަދި ޗެމްޕިއަންސް ލީގުގެ 3 ތަށި ހޯދާފައެވެ. 2023 ވަނަ އަހަރު އެމްއެލްއެސް އަށް ބަދަލުވުމަށް ފަހު އޭނާ ވަނީ އިންޓަރ މަޔާމީއާއެކު ލީގްސް ކަޕް އާއި ސަޕޯޓަރުންގެ ޝީލްޑް ވެސް ހޯދާފައެވެ. ސްޕެއިން ގައުމީ ޓީމަށް 143 މެޗު ކުޅެ، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާއި 2012 ވަނަ އަހަރުގެ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ވެސް އޭނާ ވަނީ ހޯދާފައެވެ.

ލެފްޓް ބެކް ޖޯޑީ އަލްބާގެ ކްލަބް ކެރިއަރ ވެސް ބުސްކެޓްސްއާ އެއްފަދައެވެ. އޭނާ ވަނީ ބާސެލޯނާއާއެކު ލަލީގާގެ 6 ތަށި އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެއް ތަށި ހޯދާފައެވެ. ގައުމީ ޓީމުގައި ވެސް ޔޫރޯގެ އިތުރުން 2022-23 ޔޫއެފާ ނޭޝަންސް ލީގު ވެސް ހޯދި އެވެ. މި ދެ ކުޅުންތެރިން ވަނީ ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގައި ގިނަ އަހަރުތަކެއް ވަންދެން އެކުގައި ކުޅެ، ފުޓްބޯޅަ ދުނިޔޭގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފިކުޅިވަރު | 7 ގަޑިއިރު ކުރިންމިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 20 ގަޑިއިރު ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 5 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިން