logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޓެގެން އަތުން ކެޕްޓަން ބޭންޑް އަތުލަން ބާސާއިން ނިންމައިފި

އަބްދުﷲ ޣާނިމް
25 ޖުލައި 2025 - 12:19
ސްޓެގެން
ސްޓެގެން

ބާސެލޯނާގެ ގޯލްކީޕަރު އަދި އެޓީމުގެ ކެޕްޓަން ޓާ ސްޓެގެން އަތުން ކެޕްޓަން ބޭންޑް އަތުލުމަށް ކުލަބުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ބާސާއިން ވަނީ ބަޔާނެއްވެސް ނެރިފައެވެ.

ކުލަބުން މިގޮތަށް ނިންމާފައިވަނީ ސްޓެގެން އާއި ކުލަބާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ކުލަބާއި ސްޓެގެން އާއި ދެމެދު ނުތަނަވަސްކަން އުފެދުނީ ސްޓެގެންގެ އަނިޔާއާއި ގުޅިގެން ކުލަބުން އޭނާއަށް 4 މަހަށްވުރެ ގިނަ ދުވަހު ނުކުޅެވޭ ކަމަށްބަލައި، ކްލަބަށް އޭނާގެ މުސާރައިގެ 80 އިންސައްތަ ބޭނުންކޮށްގެން ޖޮއާން ގާސިއާއި ރަޝްފޯޑު ފަދަ އައު ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ޕްލޭން ކުރެވިފައިވާ ދަނޑިވަޅެއްގައި، ކުލަބުން ސްޓެގެންގެ އަނިޔާއަކީ 4 މަސްދުވަސް ކަމުގައި އިޢުލާން ކުރުމުގެ ކުރިން،ސްޓެގެން އަމިއްލައަށް އޭނާގެ އަނިޔާގެ މުއްދަތަކީ ތިން މަސްކަމުގައި މީޑިޔާތަކަށް ހާމަކުރުމާއި ގުޅިގެންނެވެ. އެހެންކަމުން މިހާރު ކުލަބުން ކުރީގައި ޕްލޭންކުރެވިފައިވާގޮތަށް ސްޓެގެންގެ މުސާރައިން ބާކީވާބައިން ޖޮއާން ގާސިއާއި ރަޝްފޯޑު ރެޖިސްޓްރީ ކުރުމުގައި އިތުރު ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Barca ge squad inUnikurumah Stegen shekolhuhdhumaaeku, Rashford aa Garcia registry kurumugai ithuru massalathakeh | Mendhuru TvTikTokYouTubeInstagramXFacebook

Barca ge squad inUnikurumah Stegen shekolhuhdhumaaeku, Rashford aa Garcia registry kurumugai ithuru massalathakeh | Mendhuru TvTikTokYouTubeInstagramXFacebook

 

ސްޓެގެން މިގޮތަށް ކުރީބައިގައި އަމިއްލައަށް އަނިޔާގެ މުއްދަތު ހާމަކުރީ އޭނާގެ ނަން ލަލީގާގެ ރެޖިސްޓްރޭޝަން އިން އުނިކުރުން ހުއްޓުވަންކަމަށް ބާސާއިން ދެކެއެވެ. ކުޅުންތެރިންގެ އަނިޔާ 4 މަސްދުވަހަށްވުރެ ދިގުވާނަމަ، ލަލީގާގެ ގަވާއިދުބުނާގޮތުން އެކުޅުންތެރިޔާގެ ބަދަލުގައި އެހެންކުޅުންތެރިން ރެޖިސްޓްރީ ކުރެވޭނެއެވެ.

މިކަމާއި ގުޅިގެން ކުލަބުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ސްޓެގެންގެ އަމަލުތަކާއި އަނިޔާއާއި ގުޅިގެން ހިނގާދިޔަ ކަންކަމަކީ ކެޕްޓަނެއްގެ ފަރާތުން ފެންނަން އެންމެ އެކަށީގެން ނުވާ ސިފަތަކެއްކަމަށްދެކި، އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލުމެވެ.

ޖަރުމަނު ގޯލްކީޕަރާއި ކްލަބާ ދެމެދު މި މައްސަލައިގައި ދެބަސްވުން އުފެދިފައިވާއިރު، މިވަގުތު ބާސެލޯނާގެ ލަ ލީގާ ސްކޮޑުގައި ހިމެނޭ ހަމައެކަނި ގޯލްކީޕަރަކީ އިނާކީ ޕެނާއެވެ. މިހާރުގައި އޮތްގޮތުން ލީގުގައި ކުޅެވޭނީވެސް ހަމައެކަނި އޭނާއަށެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާގެ ގޯލުބެލެހެއްޓި ސިޒެސްނީ ކޮންޓްރެކްޓް އައުކުރިނަމަވެސް އޭނާވެސް އަދި ރެޖިސްޓްރީކުރެވޭގޮތެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފިކުޅިވަރު | 2 ދުވަސް ކުރިންމިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 3 ދުވަސް ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 6 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 10 ދުވަސް ކުރިން