ލޯން އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސާއަށް ސޮއިކޮށްފި
24 ޖުލައި 2025 - 06:24

މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރޭޝްފޯޑް އެއްއަހަރުދުވަހުގެ ލޯނު އެއްބަސްވުމެއްގެދަށުން ސްޕެއިންގެ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
2026 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް ދެމިގެންދާ މި އެއްބަސްވުމުގައި، ލޯނު ނިމުމަށްފަހު ބާސެލޯނާއިން ބޭނުންނަމަ ރޭޝްފޯޑް ދާއިމީކޮށް ބާސެލޯނާއަށް ބަދަލުކުރުމުގެ ފުރުސަތު ހިމެނިފައިވެއެވެ.
"އަހަރެން ވަރަށް އުފާވެއްޖެ، މިއީ ހުވަފެންތައް ހަގީގަތަކަށްވުން. ރޭޝްފޯޑް ބާސެލޯނާގެ މީޑިއާއަށް ދިން ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން ރަޝްފޯޑުގެ މިހާރުގެ އެންމެ ބޮޑު ހުވަފެނަކީ ބާސެލޯނާއާއެކު ޗެންޕިއަންސް ލީގު ކާމިޔާބުކުރުންކަމުގައި އޭނާ ވަނީ ބުނެފައެވެ.
27 އަހަރުގެ މި ފޯވަޑް ކުޅުންތެރިޔާ 18 އަހަރުގައި އިނގިރޭސި ޤައުމީ ޓީމަށް ފުރަތަމަ ކުޅެ، އަދި ޕްރީމިއަރ ލީގުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގައި ބައިވެރިވި އެންމެ ހަގު އުމުރުގެ އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑްވެސް ރޭޝްފޯޑް ވަނީ ހާސިލުކޮށްފައެވެ.
Unitedun beynun nethigen dhookohla Rashford barca ah badhaluvanee | Mendhuru TvTikTokYouTubeInstagramXFacebook
އެކަޑެމީއިން ފެށިގެން 20 އަހަރު މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި ރޭޝްފޯޑް ވަނީ އެ ކުލަބަށް 426 މެޗެއްގައި ކުޅެ 138 ގޯލު ޖަހާފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި އަމޯރިމް ހަވާލުވިފަހުން ރަޝްފޯޑަށްވަނީ ޓީމުން ބާކީކޮށްފައެވެ. އެހެންކަމުން މިދިޔަ ސީޒަނުގެ ދެވަނަ ބައިގައި އެސްޓަން ވިލާގައި ވަގުތީ އެއްބަސްވުމެއްގައި ކުޅެ، 17 މެޗުން 4 ގޯލާއި 5 އެސިސްޓް ހޯދާފައިވެއެވެ.
ބާސެލޯނާގައި ރަޝްފޯޑް ކުޅޭނީ ބާސާގައި އޮންރީ ބޭނުންކުރި 14 ނަންބަރު ޖާޒީއެވެ.