logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޮއާއޯ ފީލިކްސް އަލް ނަޞްރަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
29 ޖުލައި 2025 - 14:03
އަލް ނަޞްރަށް ފީލިކްސް ސޮއި ކުރަނީ
އަލް ނަޞްރަށް ފީލިކްސް ސޮއި ކުރަނީ

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރުން 24 އަހަރުގެ ޕޯޗުގީޒް ފޯވާޑް ޖޯއާއޯ ފީލިކްސްގެ ސޮއި ހޯދައިފިއެވެ. މި މުޢާމަލާތުގެ އަގު 50 މިލިއަން ޔޫރޯއަށް އަރާނެކަމަށް މަޢުލޫމާތުލިބެއެވެ.

ޖޯޖް ޖީސަސްގެ ދަށުން އަލް ނަޞްރުން 2025-26 ސީޒަނަށް ތައްޔާރުވަމުންދާއިރު، ކުލަބުގެ ބޭރު ކުޅުންތެރިންގެ ގޮތުގައި ތިބި އައިމެރިކް ލަޕޯޓެ އަދި އޮޓާވިއޯގެ މުސްތަގުބަލާމެދު ޔަގީންކަން ނެތުމާއެކު، ޓީމުގެ އެޓޭކިންގ އަށް ބަދަލުތަކެއް ގެންނަން ބޭނުންވެފައިވެއެވެ. މިގޮތުން ފީލިކްސްއަކީ އެ ކުލަބުގެ އަމާޒަކަށް ވެފައިވާ އެންމެ މުހިންމު އެކަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Joa Felix Ronaldo ge Al Nassr ah | Mendhuru TvTikTokYouTubeInstagramXFacebook

Joa Felix Ronaldo ge Al Nassr ah | Mendhuru TvTikTokYouTubeInstagramXFacebook

 

ފެލިކްސްއަކީ ޕޯޗުގަލްގެ ޤައުމީ ޓީމާއެކު 2025 ގެ ޖޫންމަހު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ. އެޓްލެޓިކޯ މެޑްރިޑް، ޗެލްސީ، ބާސެލޯނާ އަދި އޭސީ މިލާން ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެ، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމާއެކު، މިހާރު އޭނާ ބޭނުންވަނީ ކެރިއަރު ސައުދީގައި އާފެށުމަކުން ފަށާށެވެ. ފާހަގަކޮށްލެވޭ ކަމަކީ ފީލިކްސް ކުރިން ކުޅުނު އެއްވެސް ކުލަބެއްގައި މާގިނަ ދުވަހަކު އެއް ފެންވަރެއްގައި ކުޅެވިފައި ނެތުމެވެ.

 

Aslu goat ge soi hoadhumah Al Nassrun bid kuranee | Mendhuru TvTikTokYouTubeInstagramXFacebook

Aslu goat ge soi hoadhumah Al Nassrun bid kuranee | Mendhuru TvTikTokYouTubeInstagramXFacebook

 

ފީލިކްސްގެ އިތުރުން އަލް ނަޞްރުން މިހާރުދަނީ ބްރެޒިލްގެ އެޓޭކަރ އޮންޓޮނީގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 13 ގަޑިއިރު ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 25 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިން