logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެންޓޮނީގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ އަލް ނަޞްރުން ބިޑުކުރަނީ

އަބްދުﷲ ޣާނިމް
28 ޖުލައި 2025 - 15:57
އަސްލު ގޯޓުގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ އަލް ނަޞްރުން ބިޑުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ބްރެޒިލިއަން އެޓޭކަރ އެންޓޮނީގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ ކުލަބު އަލް ނަޞްރުން ރަސްމީ އޮފަރެއް ހުށަހަޅައިފިއެވެ.

އަލްނަސްރުގެ އައު މެނޭޖަރު ޖޯޖް ޖީސަސްގެ ދަށުން އަންނަ ސީޒަނުގައި ހުރިހާ މުބާރާތެއްގައިވެސް ވާދަކުރުމަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން ގެނައުމަށް އެ ކުލަބުން މަސައްކަތް ކުރަމުންދެއެވެ. މި ގޮތުން ޗެލްސީގެ ފޯވާޑް ޖުއާއޯ ފީލިކްސްގެ ސޮއި ހޯދުމާއި ގާތްވެފައިވާ އިރު، އޭނާއާއެކު އެންޓޯނީވެސް ސަޢޫދީގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ.

Ad by Hajj Corporation

Ad by Hajj Corporation

2022 ވަނަ އަހަރު 100 މިލިއަން ޔޫރޯއަށް އަޔަކްސްއިން ޔުނައިޓެޑަށް ބަދަލުވި އެންޓޮނީއަށް އެ ކުލަބުގައި އެދެވޭ ކުރިއެރުމެއް ނުލިބުނެވެ. ޓީމަށް ބަދަލުވި ދުވަސްތަކުގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް، ފަހުން އޭނާއަށް ޓީމުގައި ގަވާއިދުން ޖާގަ ހޯދުމަށް ދަތިވިއެވެ.

އޭގެ ފަހުން ސްޕެއިންގެ ރިއަލް ބެޓިސްއަށް ލޯނުގައި ދިޔަ އެންޓޮނީ ވަނީ އެޓީމުގައި ރަނގަޅު ކުޅުމެއްދައްކައި، އެ ޓީމާއެކު ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް ދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ސީޒަނުގައި އޭނާ ވަނީ 10 ލަނޑާއި 5 އެސިސްޓް ހަދާފައެވެ.

Gw30x7ObMAA_me1.jpeg

ރޮނާލްޑޯ ވަނީ އެންޓޮނޯއާއެކު 2022 ގައި އެއް ޓީމަކަށް ކުޅެފައި

 

ނަމަވެސް ޔުނައިޓެޑްގެ އައު މެނޭޖަރު ރޫބެން އަމޮރިމްގެ ދިގު މުއްދަތުގެ ޕްލޭންގައި އެންޓޮނީއަށް ޖާގައެއް ނެތެވެ. އެހެންކަމުން 25 އަހަރުގެ އެ ކުޅުންތެރިޔާ ދޫކޮށްލުމަށް ޔުނައިޓެޑުން ތައްޔާރަށް ތިބިއިރު، އަލްނަސްރަކީ އޭނާގެ އަލަށް އަމާޒުވެދާނެ ކުލަބެކެވެ. ސަޢޫދީ ކުލަބުން ހުށަހެޅި އަގުގެ ތަފްސީލު އަދި ހާމަވެފައި ނުވިނަމަވެސް، ޔުނައިޓެޑުން އެ ޑީލް ސީރިއަސްކޮށް ބަލާނެ ކަމަށް ބެލެވެއެވެ. އެއްވެސް ފަރާތަކުން ރަސްމީކޮށް އަލް ނަޞްރުން ހުށަހަޅާފައިވާ އަދަދު ހާމަނުކުރިނަމަވެސް 50 މިލިޔަން ޔޫރޯ އާއި ގާތް ކުރާ އަދަދެއް ހުށަހަޅާފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން އެންޓޮނީގެ ބްރެޒިލްއިންގެ ބައެއްގެ ކުލަބުތަކުންވެސް އޭނާގެ ސޮއި ހޯދުމުގެ މަސައްކަތް ކުރާކަމަށް ރިޕޯރޓްތައް ލިބެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 15 ގަޑިއިރު ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 25 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިން