logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2025 - 04:30
ރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފި

ސައުދީ ޕްރޯ ލީގުގގައި ޑިފެންޑިން ޗެންޕިއަންއާއި ދެކޮޅަށް އަަލްންޞްރުން މުހިންމު މޮލެއް ހޯދައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. މިމެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސަދިއޯ މާނޭގެ ލަނޑުތަކާއެކު އަލްނަސްރު ވަނީ އަލްއިއްތިހާދު 2-0 އިން ބަލިކޮށްފައެވެ.

އިއްތިހާދުގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގެ އިންމާ ބޭންކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ޖޯޖް ޖެސަސްގެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިތާ 9 ވަނަ މިނެޓުގައެވެ. މިއީ ކިންގްސްލީ ކޯމަންގެ ހުރަހަކުން ސަދިއޯ މާނޭ ރީތި ވޮލީ އަކުން ޖެހި ގޯލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްއިއްތިހާދުގެ ސްޓީވަން ބާގްވިންގެ ހަމަލާއެއް ބެންޓޯ ހުއްޓުވުމަށްފަހު، 34 ވަނަ މިނެޓުގައި އަލްނަސްރުގެ ދެވަނަ ލަނޑު އައިސްފައިވަނީ މާނޭގެ ހުރަހަކުން ރޮނާލްޑޯ ބޮލުންޖެހި ގޯލަކުންނެވެ.

މި މޮޅުވުމާއެކު އަލްނަސްރު ވަނީ މި ސީޒަންގެ ފުރަތަމަ ހަތަރު މެޗުންވެސް މޮޅުވެ، ކުރިން 2014-15 އަދި 2018-19 ވަނަ އަހަރު ހޯދި ރެކޯޑު ތަކުރާރުކޮށްފައެވެ. އެ ދެ ސީޒަންގައިވެސް އަލްނަސްރު ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ރޮނާލްޑޯ ވަނީ އަލްއިއްތިހާދާ ދެކޮޅަށް ކުޅުނު 6 މެޗުން މިހާތަނަށް 6 ލަނޑު ޖަހާފައެވެ. މީގެ އިތުރުން މިރޭ ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާގެ ކެރިއަރުގައި މިހާތާނަށް ރޮނާލްޑޯ ވަނީ 946 ގޯލު ޖަހާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ ގޯލާއެކު އޭސިއާގެ ޗެންޕިއަން ބަލިކޮށް ސަޢޫދީ ލީގު ހޯދުމާއި ފިޔަވަޅަކާއި ގާތަށް އަލް ނަޞްރު ޖެހިލައިފިކުޅިވަރު | 4 ގަޑިއިރު ކުރިންއަލް ނަޞްރު ފައިނަލަށް ދަތުރުކޮށް ތިން އަހަރުފަހުން ރޮނާލްޑޯއަށް ކުލަބު ތަށްޓެއްހޯދުމުގެ އުއްމީދުއާކޮށްފިކުޅިވަރު | 7 ދުވަސް ކުރިން ފުޓްބޯޅައިގެ ތާރީޚުގައި ފެންނާނެ އެންމެ ތަފާތު އެއްމަންޒަރު - ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު އެކުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށްކުޅިވަރު | 8 ދުވަސް ކުރިންރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރުން ރެކޯޑް މޮޅެއް ހޯދައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފިކުޅިވަރު | 18 ދުވަސް ކުރިން