logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފުޓްބޯޅައިގެ ތާރީޚުގައި ފެންނާނެ އެންމެ ތަފާތު އެއްމަންޒަރު - ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު އެކުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް

އަބްދުﷲ ޣާނިމް
22 އޭޕްރީލު 2026 - 03:32
 ފުޓްބޯޅައިގެ ތާރީޚުގައި ފެންނާނެ އެންމެ ތަފާތު އެއްމަންޒަރު - ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު އެކުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ތަފާތު އެއް މަންޒަރު ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ އެއް ދަނޑެއްގައި އެކުގައި ކުޅުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި މިހާރުވެސް މި ދެބަފައިން ތިބިއިރު، ބައްޕަ ކުޅެމުންދަނީ ސީނިއާ ޓީމަށެވެ. އަދި 15 އަހަރުގެ ރޮނާލްޑޯ ޖޫނިއާ އަންނަނީ އެ ކްލަބުގެ 17 އަހަރުން ދަށުގެ ޓީމުގައި ތަމްރީނުވަމުންނެވެ.

ސައުދީ އަރަބިއްޔާގެ ރިޕޯޓްތައް ބުނާ ގޮތުގައި، އަންނަ ސީޒަނުގައި ރޮނާލްޑޯ ޖޫނިއާ އަލް ނަސްރުގެ ސީނިއާ ޓީމަށް ކުޅެން ފެށުމަކީ ވަރަށް ގާތް ކަމެކެވެ. އޭނާއަށް އަންނަ ޖޫން މަހު 16 އަހަރު ފުރޭނެތީ، ސީނިއާ ޓީމުގެ މެޗުތަކުގައި ބައިވެރިވުމުގެ ދޮރު އޭނާއަށް ހުޅުވިގެންދާނެއެވެ. މިއީ އެންބީއޭގެ ތަރި ލެބްރޯން ޖޭމްސް އާއި އޭނާގެ ދަރިފުޅު ބްރޮނީ ޖޭމްސް ލޮސް އެންޖެލެސް ލޭކާސްގައި އެކުގައި ކުޅުނު ފަދަ ތާރީޚީ ކަމަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޮނާލްޑޯ ޖޫނިއާ އަންނަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑަމީތަކުގައިވެސް ތަމްރީނުވެފައިވާ ރޮނާލްޑޯ ޖޫނިއާ އަކީ ޒުވާން ޓީމުތަކުގައި ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ކުޅުންތެރިއެކެވެ. ޖިސްމާނީ ގޮތުން ބަލާއިރު، އޭނާގެ އިސްކޮޅުގައި މިހާރުވެސް 185 ސެންޓިމީޓަރު ހުރިއިރު، އޭނާ އެންމެ ކުޅެން ބޭނުންވަނީ ވާތްފަރާތު އަރިމަތީ ފޯވާޑަކަށެވެ.

މީގެ އިތުރުން، އޭނާ އަކީ ޕޯޗުގަލްގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާގެ އަމާޒަކީ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކުރުމެވެ. އަދި މިއަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް އޭނާގެ ބައްޕައާއެކު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ބޮޑު ބައިނަލްއަގުވާމީ މުބާރާތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިވަގުތު އަލް ނަސްރު އޮތީ ސައުދީ ޕްރޯ ލީގުގެ ތާވަލުގެ ކުރީގައި 16 ޕޮއިންޓުގެ ލީޑަކާއެކު ތަށި ހޯދުމާ ވަރަށް ގާތުގައެވެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، ވަރަށް އަވަހަށް ޕްރޮފެޝަނަލް ފުޓްބޯޅަ ދަނޑަކުން ބައްޕަ އާއި ދަރިފުޅު އެކުގައި ފެނިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން