logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަލް ނަޞްރު ފައިނަލަށް ދަތުރުކޮށް ތިން އަހަރުފަހުން ރޮނާލްޑޯއަށް ކުލަބު ތަށްޓެއްހޯދުމުގެ އުއްމީދުއާކޮށްފި

އަބްދުﷲ ޣާނިމް
23 އޭޕްރީލު 2026 - 03:19
އަލް ނަޞްރު ފައިނަލަށް ދަތުރުކޮށް ތިން އަހަރުފަހުން ރޮނާލްޑޯއަށް ކުލަބު ތަށްޓެއްހޯދުމުގެ އުއްމީދުއާކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާގެ އަލް ނަޞްރުން ގަތަރުގެ އަލް އަހްލީ އެސްސީ 5-1 ގެ ނަތީޖާއަކުން ބަލިކޮށް، އޭޝިއަން ޗެމްޕިއަންސް ލީގު ޓޫގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރޮނާލްޑޯ އެ ކްލަބާ ގުޅުނު ފަހުން ބޮޑު މުބާރާތެއްގެ ތަށި ހޯދުމާ އެންމެ ގާތަށް އެ ޓީމު ދިޔަ ފަހަރެވެ.

ބުދަ ދުވަހު ކުޅުނު މި މެޗުގައި 41 އަހަރުގެ ޕޯޗުގަލް ތަރި ރޮނާލްޑޯ 78 މިނެޓު ވަންދެން ކުޅުނު ނަމަވެސް، އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ފްރާންސްގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ކިންގްސްލީ ކޯމަން ހެދި ހެޓްރިކާއެކު އަލް ނަޞްރުން ވަނީ ފަހަތުން އަރައި ބޮޑު މޮޅެއް ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރީކޮޅު އަލް އަހްލީއަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޖަރުމަނުގެ ކުރީގެ ތަރި ޖޫލިއަން ޑްރެކްސްލާ ފޮނުވާލި ޕެނަލްޓީ، އަލް ނަޞްރުގެ ބްރެޒިލް ކީޕަރު ބެންޓޯ ވަނީ ދިފާއުކޮށްފައެވެ. އެހެންނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ސެކޫ ޔަންސާނޭ ކާމިޔާބު ކުރި ލަނޑުން ގަތަރުގެ ޓީމުން މެޗުގެ ލީޑު ނެގިއެވެ.

އަލް ނަޞްރުން ވަނީ ވަރަށް އަވަހަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެންޖެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކޯމަން ފުރަތަމަ ލަނޑު ޖެހިއިރު، މެޗުގެ މެދުތެރެއިން ސާޑިއޯ މާނޭ ދިން ބޯޅައަކުން އެންޖެލޯ ވަނީ ލަނޑެއް ޖަހައި އަލް ނަޞްރަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯމަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްކޯ 3-1 އަށް ބަދަލުކޮށްފައެވެ.

2025 ވަނަ އަހަރު ބަޔާން މިއުނިކުން އަލް ނަޞްރާ ގުޅުނު ކޯމަން އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އަދި މެޗު ނިމެން އުޅެނިކޮށް އަބްދުﷲ އަލް ހަމްދާން ވަނީ އިތުރު ލަނޑެއް ޖަހައި ޓީމުގެ މޮޅު ކަށަވަރުކޮށްދީފައެވެ.

ސައުދީ ޕްރޯ ލީގުގެ އެއްވަނައިގައި އޮތް އަލް ނަޞްރުން ފައިނަލް މެޗުގައި ބައްދަލުކުރާނީ ޖަޕާނުގެ ގަމްބާ އޮސާކާއާއެވެ. މި ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ސައުދީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން