logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެން

އަބްދުﷲ ޣާނިމް
21 އޮކްޓޯބަރު 2025 - 05:25
ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެން

ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީ އަންނަ އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ބާސާގެ ކޮންޓްރެކްޓް ހަމަވާއިރު، އޭނާ އަލް ނަޞްރަށް ގެނައުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

މިހާރު އުމުރުން 37 އަހަރުގެ ޕޯލެންޑްގެ ސްޓްރައިކަރު ލެވަންޑޯސްކީ ވަނީ 2022 ވަނަ އަހަރުން ފެށިގެން ބާސެލޯނާއަށް ކުޅެ، 156 މެޗުން 105 ލަނޑާއި 20 އެސިސްޓް ހަދާފައިވެއެވެ. މި ސީޒަންގައި 9 މެޗުން 4 ލަނޑު ޖަހާފައިވީ ނަމަވެސް، އޭނާއަށް ދިމާވަމުންދާ އިންޖަރީގެ މައްސަލަތަކާ ގުޅިގެން ކެމްޕް ނޫގައި އޭނާގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވެއެވެ. އަދި އޭނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ 8 މަސް އޮތް ނަމަވެސް މިއަދާއި ހަމައަށް ކޮންޓްރެކްޓް އައު ކުރުމުގެ ވާހަކައެއް ރަސްމީކޮށް ދައްކާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެތްލެޓިކޯ މެޑްރިޑް އަދި ޕްރިމިއަރ ލީގުގެ ކްލަބުތަކުން ލެވަންޑޯސްކީގެ ހާލަތު ބަލަމުންދާއިރު، ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާރު އަލްނަސްރުގެ ޕާޓް އޯނަރެއްގެ ގޮތުގައި ހުރި ރޮނާލްޑޯ ވަނީ ލެވަންޑޯސްކީ ގެނެސް އޭނާއާއެކު ފޯވަރޑް ލައިނުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ފަށާފައެވެ.

2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އަލްނަސްރާ ގުޅުނު ރޮނާލްޑޯ ވަނީ 112 މެޗުން 99 ލަނޑާއި 21 އެސިސްޓް ހަދާފައެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލްގެ ޓީމުގައިވެސް އޭނާ އަކީ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.

2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އަލްނަސްރާއެކު އެއްބަސްވުމެއްގައި ހުރި، މިހާރު އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަކީ ކްލަބުގެ ޓްރާންސްފަރތަކުގައި ވަރަށް ބޮޑު ނުފޫޒެއް ފޯރުވޭ ފަރާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބައްދަލުވުމަށްފަހު ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުއިދިނުމާއެކު ބޮޑު ބަހުސަކަށްކުޅިވަރު | 11 ދުވަސް ކުރިންދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފިކުޅިވަރު | 18 ދުވަސް ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 20 ދުވަސް ކުރިންޤައުމީ ކެރިއަރުގެ ފުރަތަމަ ރަތްކާޑާއެކު ރޮނާލްޑޯއަށް ވޯލްޑްކަޕް ހޫޅުވާ މެޗު ގެއްލިދާނެކަމުގެ ބިރުކުޅިވަރު | 23 ދުވަސް ކުރިން