logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޯއާއޯ ފީލިކްސް ރޮނާލްޑޯގެ އަލް ނަޞްރަށް

އަބްދުﷲ ޣާނިމް
27 ޖުލައި 2025 - 04:51
ޖޯއާއޯ ފީލިކްސް ރޮނާލްޑޯގެ އަލް ނަޞްރަށް

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރުން 24 އަހަރުގެ ޕޯޗުގީޒް ފޯވާޑް ޖޯއާއޯ ފީލިކްސްގެ ސޮއި ހޯދުމައް ތައްޔާރުވެެއްޖެއެވެ. މި މުޢާމަލާތުގެ އަގު 50 މިލިއަން ޔޫރޯއަށް އަރާނެކަމަށް ބެލެވެއެވެ.

ޖޯޖް ޖީސަސްގެ ދަށުން އަލް ނަޞްރުން 2025-26 ސީޒަނަށް ތައްޔާރުވަމުންދާއިރު، ކުލަބުގެ ބޭރު ކުޅުންތެރިންގެ ގޮތުގައި ތިބި އައިމެރިކް ލަޕޯޓެ އަދި އޮޓާވިއޯގެ މުސްތަގުބަލާމެދު ޔަގީންކަން ނެތުމާއެކު، ޓީމުގެ އެޓޭކިންގ އަށް ބަދަލުތަކެއް ގެންނަން ބޭނުންވެފައިވެއެވެ. މިގޮތުން ފެލިކްސްއަކީ އެ ކުލަބުގެ އަމާޒަކަށް ވެފައިވާ އެންމެ މުހިންމު އެކަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެލިކްސްއަކީ ޕޯޗުގަލްގެ ޤައުމީ ޓީމާއެކު 2025 ގެ ޖޫންމަހު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ. އެޓްލެޓިކޯ މެޑްރިޑް، ޗެލްސީ، ބާސެލޯނާ އަދި އޭސީ މިލާން ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެ، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމާއެކު، މިހާރު އޭނާ ބޭނުންވަނީ ކެރިއަރު ސައުދީގައި އާފެށުމަކުން ފަށާށެވެ. ފާހަގަކޮށްލެވޭ ކަމަކީ ފީލިކްސް ކުރިން ކުޅުނު އެއްވެސް ކުލަބެއްގައި މާގިނަ ދުވަހަކު އެއް ފެންވަރެއްގައި ކުޅެވިފައި ނެތުމެވެ.

ފީލިކްސްގެ ކުރީގެ ކުލަބު ބެންފިކާއިން އޭނާ އަނބުރާ ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް، މާލީ ދަތިތަކާ ކުރިމަތިވެ ބެންފީކާއިން އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޗެލްސީން 54 މިލިއަން ޔޫރޯ ހޯދަން ބޭނުންވާއިރު، ބެންފިކާއަށް ދެވެން އޮތީ 25 މިލިއަން ޔޫރޯއެވެ.

2026 ގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ގަވާއިދުން މެޗު ކުޅުމުގެ ފުރުސަތު ބޭނުންވާތީ، ފެލިކްސް ވެސް މި ހުށަހެޅުމަށް ހިތްހަމަޖެހިފައިވާ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 15 ގަޑިއިރު ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 25 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިން