ރޯދަމަހު އުމްރާ އަށް ދިޔަ އުމްރާވެރިންނަށް ބީއެމްއެލުން 1 މިލިއަން ޑޮލަރު ދޫކުރި

12 މޭ 2025 - 14:14
މިދިޔަ ރަމަޟާން މަހު އުމްރާއަށް ދިޔަ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދޫކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ ރޯދަމަހު ރާއްޖެއިން އުމްރާއަށް ދިޔަ ކޮންމެ މީހެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދީފައިވެއެވެ. މި ބަދަލާ ގުޅިގެން، ޖުމްލަ 1،005،172.82 ޑޮލަރު، 15.42 ގެ ރަސްމީ ރޭޓުން އުމްރާވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މި ފައިސާ އުމްރާވެރިންނަށް ފޯރުކޮށްދިނުމަށް 8،979 ޓްރާންސެކްޝަން ޑެބިޓް ކާޑުތަކުން ހިންގާފައިވާ ކަމަށާއި، އުމްރާއަށް ދިޔަ މީހުންގެ ތެރެއިން 1،300 މީހުން ޑެބިޓް ކާޑުން މުޢާމަލާތްތައް ހިންގާފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް ދިޔަ ކޮންމެ މީހެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، އާންމު ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށްވެސް ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓަށް 1،750 އިތުރުކޮށްދިނުމަށް ރައީސް މުޢިއްޒު ވަނީ އެ ބޭންކުގައި އެދިވަޑައިގެންފައެވެ. ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް އެ ލިމިޓް ހަމަޖައްސައިދޭން ބީއެމްއެލުން މިހާރު ނިންމާފައިވުމާ އެކު، ކޮންމެ ޙައްޖުވެރިޔެއްގެ ޑެބިޓް ކާޑަށް ޖުމްލަ 2،000 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
10 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
10 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
10 މަސް ކުރިން