14 ރަށަކުން ހުވަނި ކޮންރޯލުކުރުމަށް އެދިފަވޭ، އެހީ ގެންދިޔައީ އެންމެ ރަށަކުން


13 މޭ 2025 - 07:21
ޕެސްޓް ނައްތާލުމަށް އެހީއަށް އެދި ހުށައަޅާފައިވާރަށްތަކުގެ ތެރެއިން ، ހުދު ކޫޑި އަދި ހުވަނި ނައްތާލުމަށް އަހަރުގެ މިހާތަނަށް 14 ރަށަކުން އެހީއަށް އެދި ސިޓީ ފޮނުވާފައިވާއިރު، މިހާތަނަށް އެހީ ގެންގޮސްފައިވަނީ އެންމެ ރަށަކުންކަމަށް cއިން ބުނެފިއެވެ.
ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ވުޒާރާއަށް އެހީ އަށް އެދި ހުށައަޅާފައިވާ 14 ރަށުގެތެރެއިން ބައެއް ރަށްތަކުން އެދިފައިވަނީ ހުދު ކޫޑި އަދި ހުވަނި ނައްތާލުމުގެ ޓެކްނިކަލް އެހީއަށެވެ. އަދި އަނެއްބައި ރަށްތަކުން އެދިފައިވަނީ ބަޔޯ ޕެސްޓިސައީޑް އަށެވެ. މީގެތެރެއިން ބަޔޯ ޕެސްޓިސައިޑްއަށް އެދިފައިވާ ރަށްތަކުގެތެރެއޮން އެހީ ބަލައިގެންފައިވަނީ 1 ރަށުންނެވެ.
ހުދު ކޫޑިއަކީ ރާއްޖޭގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. އެކަންމަށް ދާއިމީ ހައްލެއް ހޯދުމަށް ދިރާސާތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ހުވަނީގެ މައްސަލައަކީ ރާއްޖޭއަށް ކޮންމެ އަހަރެއްގެ ވަކި މޫސުމެއްގައި ވަރަށްބޮޑަށް ގިނަވާ އެއްޗެކެވެ. މިހާރު ލޯކަލްކައުންސިލްގެ ޤާނޫނުގައިވާގޮތުން، ހުވަނީގެ އުނދަގުލުން ސަލާމަތްވުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެނދިއުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް ޓެކްނިކަލް އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދެމުން ގެންދާނެއެވެ.
އިތުރު ލިޔުންތައް

ގްރީންހައުސް އިނީޝިއޭޓިވް ފުޅާކުރުމަށް އިތުރު ފަސް ރަށެއް ބައިވެރިވެއްޖެ
10 މަސް ކުރިން
ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގޮތްތައް ބޭނުންކުރަން ވަޒީރުގެ ލަފާފުޅު
5 މަސް ކުރިން
އިފާޑްގެ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު މާރިޔާ އިޓަލީއަށް
5 މަސް ކުރިން