logoEN
ޚަބަރު

6 އެކައުންޓެއްގައި 8 މިލިއަން ރުފިޔާ ދައުރުކުރި ބިދޭސީއެއްގެ މައްޗަށް ދަޢުވާކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 މޭ 2025 - 16:28

އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން ޤާނޫނާއި ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީކުށްކޮށްގެން ފައިސާ ހޯދައި މަނީ ލޯންޑަރ ކޮށްފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ އުމުރުން 34 އަހަރުގެ ޝަހާދަތު ހުސެއިންގެ މައްޗަށެވެ.

މިއަދު ބޭއްވި ޕްރެސްގައި ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓެއްގައި ޝަހާދަތު ރާއްޖޭގައި އުޅެމުން އަންނަ ކަމަށާއި 2019 އަށް ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ހުޅުވި ކަމަށެވެ.

"މިގޮތުން ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓު ހުޅުވާފައިވާކަން އެނގޭ،" ވޯކް ޕާމިޓުން އެނގޭ ގޮތުގައި ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައިވަނީ އޮފީހެއްގެ އޮފީސް ބޯއީއެއްގެ މަގާމުގައި ކަމަށް ހަމްޒަތު ވިދާޅުވި އެވެ. އެފަދަ ދަށް މަގާމެއްގައި ހުރި ނަމަވެސް އޭނާގެ ''ލެޓާ އޮފް އެޕޮއިންޓްމެންޓް" ގައިވާ ގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބެ އެވެ.

ބިދޭސީން ރާއްޖެ ގެނައުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި އޭނާ ކުރަމުން ދިޔަ ކަމަށް ފުލުހުންގެ ތަހުޤީގައް ވަނީ ހާމަފައެވެ. އެގޮތުން އޭނާ މާލޭގައި 18،000ރ އަށް 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން ދިރިއުޅެމުން ދިޔައިރު އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން ކުންފުނިތަކުގެ ލޯގޯއާއި ކުންފުނިތަކުގެ ރެޖިސްޓްރީ، ބިދޭސީންނާއި ޕާސްޕޯޓް އަދި ބައެއް ދިވެހިންގެ އީފާސް އަޑީތައް ފުލުހުން ވަނީ ހޯދާފައެވެ.ފުލުހުންގެ ވިދާޅުވީ އޭނާގެ އަތުން ގިނަ އަދަދެއްގެ ލިޔެކިއުންތަކާއި އައިޑީތައް ފެނިފައިވާއިރު މިއީ އޭނާ އަމިއްލައަށް ހަދާފައިވާ ތަކެތި ކަމަށް ނުބެލޭ ކަމަށެވެ. އަދި މިކަމުގައި އިދާރާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ޝާމިލްވެ މާލީ މަންފާ ނަގަމުންދާ ކަމަށް ބެލޭވޭ ކަމަށް ވިދާޅުވިއެވެ."ޝަހާދަތު ހުސެއިންގެ މިމަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި، ދިވެހިންގެ އާންމު އެތައް ބަޔަކު ޝަހާދަތު ހުސެއިންއާއި ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ. މީގެ އިތުރުން އޭނާ ފޯނުން ސައްޙަ ނޫން ވޯކް ޕާމިޓް ލިއެކިއުންތައް ފޮނުވާ ބަންގްލަދޭޝްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުވާކަން ހޯދިފައިވޭ " ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder