logo
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތުގެ ގޮތުގައި އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާ

އާމިނަތު ޝަފާ
14 މޭ 2025 - 13:38
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތުގެ ގޮތުގައި އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިދިޔަ އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާއިން) ބުނެފިއެވެ.

އެންސްޕާއިން އާއްމުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު 14024 މީހަކަށް 50.2 މިލިޔަން ރުފިޔާ މާލީ އިނާޔާތުގެ ގޮތުގައި ދީފައިވެއެވެ.

އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14188 މީހުން ރަޖިސްޓްރީވެފައިވާއިރު މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 103 މީހަކު ދަފްތަރުކޮށްފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވަނީ ދެނެގަނެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާނުވެ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25.8 މިލިއަން ރުފިޔާ ޚަބަރު | 2 މަސް ކުރިން