logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް

އާމިނަތު ޝަފާ
16 ޖުލައި 2025 - 15:52
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުން ފަސޭހަކުރުމަށް ބޭނުންވާނެ އާލާތްތަކާއި، އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް، ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް ބައްދަލުވުމެއް ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާއިން އެކުލަވާލާ ލިސްޓާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ކަންކަން ރާވާ ހިންގުމަށް އެހީވެދޭ އާލާތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް މަގު ތަނަވަސްވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުއަށް ރިއާޔަތްކޮށް އެންމެ މުނާސަބު އުފެއްދުންތަކުގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހީނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހީނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ލިސްޓެއް އެކުލަވާލުމުގެ ބޭނުމަކީ މިހާރުގެ ހާލަތާއި ނުކުޅެދުންތެރިކަން ގިންތި ކުރެވިފައިވާއިރު، ބޭނުންވާ އާލާތްތައް އަދާހަމަކޮށް ދައުލަތުގެ އެހީގައި ފޯރުކޮށްދިނުމަށް ސިޔާސަތުތައް އެކަށައެޅުމަށް ނިޒާމު ހަރުދަނާކުރުމެވެ.

ހީނާ ވިދާޅުވީ ޢާންމު ރައްޔިތުންގެ ޞިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓެމަށްޓަކައި އައު އީޖާދުތަކަަށް އަހުލުވެރިވާން ޖެހޭކަމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަކީ ބޭސްފަރުވާގެ އިތުރުން ވެސް، ދައުލަތުގެ އާސަންދަ ސްކީމްގެ ދަށުން އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އޭޖެންސީއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ޖުމްލަ ހަތް މިލިއަން ވިޔަފާރި | 11 ދުވަސް ކުރިންޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާޚަބަރު | 11 ދުވަސް ކުރިންއޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރިޚަބަރު | 25 ދުވަސް ކުރިންއެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ދޭނީ މއ. އުތުރުވެހިންޚަބަރު | މަހެއް ކުރިން