logo
ޚަބަރު

އެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25.8 މިލިއަން ރުފިޔާ ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޖުލައި 2025 - 02:39
އެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25.8 މިލިއަން ރުފިޔާ

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިންނާއި ބޭރުން ފަރުވާ ހޯދައިދިނުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ ޖޫން މަހު 25.8 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށް އެ އޭޖެންސީން ހާމަކޮށްފިއެވެ.

މިއީ ސިއްހީ ޚިދުމަތް ހޯދުމުގައި ދަތިކުރާ ރައްޔިތުންނަށް އެހީތެރިވުމަށް އެންސްޕާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދީފައިވާ އެހީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޖުމްލަ 25.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރެއިން، ރާއްޖޭގައި ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންނަށް ދީފައިވަނީ 8.1 މިލިއަން ރުފިޔާއެވެ.

އެންސްޕާގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދި ފަރުވާތަކަށް ބަލާއިރު، އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކެވެ. މި ބަލިތަކަށް ފަރުވާކުރި ޖުމްލަ 112 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، އެންސްޕާގެ އެހީގައި ދެން އެންމެ ގިނައިން ބޭރުން ފަރުވާ ހޯދާފައިވަނީ މައިބަދައިގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ އަދަދު 111އަށް އަރާއިރު، 104 މީހަކު ކަށީގެ ބަލިތަކަށް ފަރުވާ ހޯދާފައިވެއެވެ.

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިން ބޭސްކުރުމަށް އެންސްޕާއިން ޖޫންމަހު ޕްރައިވެޓް ދެ ހޮސްޕިޓަލަށް ޖުމްލަ 468 ކޭސް އަކަށް 6.5 މިލިއަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. އެއީ ޓްރީޓޮޕަށް 3.3 މިލިއަން އަދި އޭޑީކޭ ހޮސްޕިޓަލަށް 3.2 މިލިއަން ރުފިޔާއެވެ. މި ދެ ހޮސްޕިޓަލުން ފަރުވާހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައި ވަނީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނަށެވެ.

އެންސްޕާއިން ޖޫންމަހު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުުވެރިކޮށް ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް އެހީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަކީ ބޭސްފަރުވާގެ އިތުރުން ވެސް، ދައުލަތުގެ އާސަންދަ ސްކީމްގެ ދަށުން އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އޭޖެންސީއެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިޚަބަރު | 9 ގަޑިއިރު ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިން