logo
E-Platinum
ޚަބަރު

ރައީސް އޮފީހުން ކުރިއަށް ގެންދާ އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

އާމިނަތު ޝަފާ
14 މޭ 2025 - 14:14
ރައީސް އޮފީހުން ކުރިއަށް ގެންދާ  އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް  ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ބުދަދުވަހު ފަށައިފިއެވެ.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" (އީ.ޑީ.ޕީ) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.

‎ބުދަ ދުވަހުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ ޢަފީފް ޙުސައިންއެވެ. ޢަފީފުގެ މަޢުޟޫޢު ޚާއްޞަ ކުރައްވާފައިވަނީ "ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ" ނުވަތަ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޘަޤާފަތެއްގެ ތެރެއިން ޤައުމުގެ ތަޞައްވުރު ބަދަލުކުރުމުގެ މައްޗަށެވެ.

‎މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

‎އީ.ޑީ.ޕީ އަކީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ.

‎މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ.

‎މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީޢާއިންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހާ ފޯރަމް މިރޭ ބާއްވަނީ ޚަބަރު | 2 ދުވަސް ކުރިންމިނިވަން 60 ގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔުންތަކުގައި ޖެއްސެވުމަށް ނިންމަވައިފިޚަބަރު | 10 ދުވަސް ކުރިންމީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފިޚަބަރު | މަހެއް ކުރިންރައީސް އޮފީހުން ކުރިއަށް ގެންދާ އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިޚަބަރު | 2 މަސް ކުރިން