logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފަސް ޤައުމަކުން، ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2024 - 05:57
ފަސް ޤައުމަކުން، ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން

ފަސް ޤައުމަކުން، އެއިން ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.2 މިލިއަން ފަތުރުވެރިންނަށްވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގައި ފަސް ޤައުމަކުން، އެއިން ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެ ޤައުމުތަކަކީ، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނު ވިލާތެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ޤައުމު

  • ޗައިނާ - 207،700 ފަތުރުވެރިން
  • ރަޝިއާ - 154،100 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 121،900 ފަތުރުވެރިން
  • އިޓަލީ - 103،700 ފަތުރުވެރިން
  • ޖަރުމަނު - 100،400 ފަތުރުވެރިން
  • އިންޑިއާ - 85،800 ފަތުރުވެރިން
  • އެމެރިކާ - 48،100 ފަތުރުވެރިން
  • ފްރާންސް - 40،100 ފަތުރުވެރިން
  • ސްޕެއިން - 31،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 26،400 ފަތުރުވެރިން

 

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،400 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން އެނގެއެވެ.

ޓޫރިޒަމް ސިނާއަތް ކުރިއަރުވައި، ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަށްވަމުން ގެންދަވާ މަސައްކަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކްޓޯބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %10.2 އިތުރުޚަބަރު | 16 ދުވަސް ކުރިންޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | 2 މަސް ކުރިންސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިޚަބަރު | 2 މަސް ކުރިން