އާއިލާއަކީ އެންމެ ބޮޑު އެއް ނިޢުމަތް - މެޑަމް ސާޖިދާ


15 މޭ 2025 - 07:35
އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީކަމަށާއި އާއިލާއަކީ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައެވެ.އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ.
އދ. އިން މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމީ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކާއި ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވި މި އަންނަމުންދާ ބަދަލުތަކަށް ޤައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.
މި ދުވަހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްގެ އަނބިކަނބަލުން ވިދާޅުވީ ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތްކަމަށެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. އަދި އާއިލާތަކުގެ ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް ވަނީ ފޮނުއްވާފައެވެ.
އިތުރު ލިޔުންތައް

އޯޓިޒަމާ މެދު ދެކޭގޮތް ބަދަލުކޮށް ހޭލުންތެރިވާން ފަސްޓް ލޭޑީ ގޮވާލައްވައިފި
4 މަސް ކުރިން
މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446ގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން މެޑަމް ސާޖިދާ ހަވާލުކޮށްދެއްވައިފި
3 މަސް ކުރިންއެމްޑީޕީން ދައްކަނީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނޭފަދަ ދޮގު ވާހަކަތައް: މެޑަމް ސާޖިދާ
3 މަސް ކުރިން