logoEN
ޚަބަރު

ނަކްބާ އަށް 77 އަހަރު، ނިމުމެއް ނެތް

އާމިނަތު ސަފާއާމިނަތު ސަފާ

15 މޭ 2025 - 12:36

ފަލަސްޠީނު ރައްޔިތުން 'ނަކްބާ' ދުވަސް ފާހަގަކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާއި ޖައްބާރުކަން ތަހައްމަލުކުރާތާ 77 އަހަރު ފާހަގަކުރުމުގެ ގޮތުން މިއަދު ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހިނގާލުމެއް ވަނީ ބާއްވާފައެވެ. މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ އަތުން ގެއްލިގެންދިޔަ ބިންތަކުގެ ހަނދާން އައުކޮށްފައެވެ. މި އަހަރުގެ ނަކްބާ ދުވަސް ފާހަގަކުރަމުންދާއިރު ޣައްޒާގައި މިހާރު ހިންގަމުންދާ ލޭ އޮހޮރުވުންތަކުގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މުސްލިމުންވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކު ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ލިބެމުންދާއިރު ލައްކައަކަށް ވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ. މިއަދު ރާމަﷲގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ކުޑަކުދިން ބައިވެރިވެ ފަލަސްތީނުގެ ދިދައާއެކު ކަޅު ދިދައެއްވެސް ވަނީ ނަގާފައެވެ. އަދި އެކުދިންވަނި ތަޅުދަނޑިއެއްގެ ކޮޕީއެއްވެސް ހިނގާލުމުގައި ބޭނުންކޮށްފައެވެ. މި ތަޅުދަނޑީގެ ކޮޕީއިން ރަމްޒުކޮށްދެނީ ނަކްބާގެ ހާދިސާއާއެކު ގެއްލުނު ބިންތަކުގައި އާބާދުކޮށްފައިހުރި ގެތަކެވެ. އެގެތަކުގައި މިހާރު ޔަހޫދީން ވަޒަންވެރިވެރިކުރުވާފައިވާނަމަވެސް އަލުން އެބިންތައް ލިބުމަށް ކުރެވޭ އުއްމީދެއްގެ ރަމްޒެއްގެ ގޮތުންނެވެ.

" ނަކްބާ " ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭމަހުގެ 15 ވަނަ ދުވަހެވެ. އަދި އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަސް އެމީހުން ފާހަގަކުރަނީ 'ނަކްސާ" ދުވަހުގެ ގޮތުގައެވެ."ނަކްބާ"ގެ މާނައަކީ މުސީބާތެވެ. ފަލަސްތީނު މީހުން ނަކްބާ ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ފަލަސްތީނު ބޭއްވުމަށް ފަހު ޔަހޫދީންނަށް ދައުލަތް ހަދައިދޭން ވެގެން އެމީހުންގެ ގެދޮރުން ނެރެލައި، އެމީހުންގެ ބިންތައް ހުސްކުރި އަނިޔާވެރި ދުވަސްތަކުގެ ހަނދާންތައް އާކުރުމަށެވެ. ފަލަސްތީނުމީހުންގެ ބިންތައް ހުސްކޮށް ޔަހޫދީންނަށް ދިނުމުގެ އަނިޔާވެރި އަމަލު ހިންގީ 1947 ވަނަ އަހަރާއި 1948 ވަނަ އަހަރުއެވެ.

ކޮމެންޓް

871x217_placeholder