logoEN
ޚަބަރު

އޭޕްރީލް މަހު ޑެންގީހުން ޖެހިގެން 127 މީހަކު ރިޕޯޓުކުރި

އާމިނަތު ސަފާއާމިނަތު ސަފާ

16 މޭ 2025 - 07:27

މިދިޔަ މަހު 127 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖޭންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާރިޗު މަހު ޑެންގީހުން ޖެހިގެން 73 މީހުން ރިޕޯޓުކޮށްފައިވާއިރު އޭޕްރީލްމަހު ޑެންގީހުން ޖެހިގެން 127 މީހުން ރިޕޯޓްކޮށްފައިވެއެވެ.

އެހެން ކަމުން ޑެންގީން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރި ހެފުމުން ރައްކާތެރިވުން:

މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން.

މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ތަކެތި ބޭނުންކުރުން މުހިންމު.

ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.

ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.

މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.

އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި, އެންމެ ރަގަޅީ ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން.

ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓް

871x217_placeholder