logoEN
ޚަބަރު

ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ޓީމު ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދެން: ރައީސް

ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ޓީމު ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގަައި މިއަދު ކުޅޭ އިރު، މުޅި ޤައުމު އޮތީ ޒުވާން ޓީމާއެކުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

undefined

ރައީސް ވަނީ ޤައުމީ ލޯތްބާއެކު، އެކުދިން ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދިފައެވެ.

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި ބޫޓާންގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެ ފަހުވަގުތު ރާއްޖެ އިން ޖެހި ގޯލާއެކު މެޗު 2-2 އިން އެއްވަރުކޮށް ރާއްޖޭގެ ޤައުމީ ޓީމް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިއަދުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder