logoEN
ޚަބަރު

ހަލުވި މުވާސަލާތީ ކުރިއެރުވުމުގެ ބޭނުން ހިފަންވީ ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އިޝްތިހާރުކޮށް މަޤްބޫލުކަން އިތުރު ކުރުމަށް، މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފައި ރާއްޖެއަށް އާމުދަނީ ހޯދޭނެ މަގުތައް ފަހިކުރަން ޖެހޭ ކަމަށާއި، މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވާ ކަމަށެވެ.

އަދި ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް ރައީސް ވަނީ އެދިވަޑައިގަންނަވައިފައެވެ.

ކޮންމެ އަހަރެއްގެ ވެސް މޭއި މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މުވާސަލާތާއި މައުލޫމާތުގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް

871x217_placeholder