logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 01:36
 އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމައިފި

އެސްޓީއޯއިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ރޭ ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ބާސެލޯ ނަސަންދުރާގައި ބޭއވި އެ ކުންފުނީގެ  އަހަރީ އާންމު ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 129 މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ތާއީދާ އެކުގައެވެ. މިއީ މިދިޔަ އަހަރުވެސް ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ބެހި މިންވަރާ އެއްވަރުގެ އަދަދެކެވެ.

2024 ވަނަ އަހަރު އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 741 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ. 2023 ވަނަ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމުގައިވާ އެސްޓީއޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެންނަމަވެސް، ކުންފުނީގެ ފައިދާ ދަށްވި ނަމަވެސް ހިއްސާދާރުންގެ ފައިދާ އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ.

މީގެ އިތުރުން، މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައި، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67,500 ޑޮލަރު (އެއް މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ެއެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފިޚަބަރު | 5 ދުވަސް ކުރިންއެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފިޚަބަރު | 13 ދުވަސް ކުރިން ޑެވޮންޑޭލަށް ޚާއްސަކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | މަހެއް ކުރިންއެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ވިޔަފާރި | މަހެއް ކުރިން