logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިން ޚިދުމަތް ދީގެން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ ބޮޑު އާމްދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 02:35
ބަންކަރިން ޚިދުމަތް ދީގެން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ ބޮޑު އާމްދަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާއިތުވި ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ހާމަކުރައްވައިފިއެވެ.

ބާސެލޯ މާލެ ނަސަންދުރަ ހޮޓެލްގައި ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ، އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިމާދު އިތުރަށް ފާހަގަކުރެއްވިގޮތުގައި، ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހެއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިމާދު އިތުރަށް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވެއެވެ. މީގެ ތެރޭގައި 1,200 ޓަނުގެ ފެން ފޯރުކޮށްދިނުން ހިމެނެއެވެ. މިކަމަކީ ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންގ ލައިނުތަކުގެ އިތުބާރު އެސްޓީއޯ އަށް ލިބިފައިވާކަން އަންގައިދޭ ކަމެއްކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފިވިޔަފާރި | 20 ދުވަސް ކުރިންއެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި ޚަބަރު | މަހެއް ކުރިންމާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފިޚަބަރު | 2 މަސް ކުރިންއެސްޓީއޯއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެ ކުރުމަކީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން: ރައީސްޚަބަރު | 2 މަސް ކުރިން