logoEN
ޚަބަރު

ހުމާއި ރޯގާ ފެތުރުން އިތުރުވެއްޖެ، ސަމާލުވޭ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

18 މޭ 2025 - 10:51

މި ދުވަސްވަރަކީ ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާ ދުވަސްވަރެއްކަމަށްވާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާޞްކޮށްފިއެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރު ކަމުން، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި ރޯގާ އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރެނީ ކެއްސުމާއި، ކިނބިހި އެޅުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކު ބޭނުންކުރާ ތަކެތި އެހެން މީހުން ބޭނުންކުރުމުންވެސް މި ބަލި ފެތުރިދާނެއެވެ.

އެގޮތުން ކުޑަކުދިން، ދުވަސްވީ މީހުން އަދި ދާއިމީ ބައްޔެއް ހުންނަ މީހުންނަކީ މި ބަލި ޖެހިއްޖެ ނަމަ ހާލު ގޯސްވުމުގެ ފުރުޞަތު ބޮޑުކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.ރަނގަޅު ކާނާ ކެއުމާއި، ފެންބުއިން އިތުރުކުރުމާއި، އެކަށީގެންވާ ވަރަށް ނިދުން ފަދަ ކަންކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވާނެ ކަންކަމެވެ. އެހެން ކަމުން ދިފާޢީ ނިޒާމު ވަރުގަދަކޮށް ހުރުމަކީ ބަލިތަކުން ފަސޭހަވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

ބަލީގެ އަލާމާތްތައް:

* ހުންއައުން * ކެއްސުން * ނޭވާލުމަށް އުނދަގޫވުން * ގައިގައި ރިއްސުން * ވަރުބަލިވުން

ކޮމެންޓް

871x217_placeholder