logoEN
ޚަބަރު

މިއަހަރަށް ޙައްޖަށް ދިއުމަށް ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ފުރުސަތު ލިބޭ: މިނިސްޓްރީ

ހުސައިން ވަސީމްހުސައިން ވަސީމް

18 މޭ 2025 - 14:22

މިއަހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް ވުޒާރާއިން ހާމަ ކުރާ ގޮތަށް ނިްނމާފައިވާ ކަމަށްވެސް ވުޒާރާއިން ބުނެ އެވެ.

ހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް މީގެ ކުރިން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާކަމަށެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމެނިފަ އެވެ. އެހެންވީމާ މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެކެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްކުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.

ކޮމެންޓް

871x217_placeholder