logo
E-Platinum
ކުޅިވަރު

ބާސާ ބަލިވެ ތަށި އުފުލާލައިފި، ރެއާލް މެޑްރިޑް މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
19 މޭ 2025 - 03:27
ބާސާ ރޭގައި ވަނީ ތަށި އުފުލާލައިފި. ފޮޓޯ: ބާސެލޯނާ
ބާސާ ރޭގައި ވަނީ ތަށި އުފުލާލައިފި. ފޮޓޯ: ބާސެލޯނާ

ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ރޭ ވިޔަރެއާލް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗަށްފަހު، ރަސްމީކޮށް ޓީމަށް ވަނީ ތަށި ހަވާލުކޮށްފައެވެ. މީގެ އިތުރުން ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ސެވިއްޔާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ވިޔަރެއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. ނަމަވެސް އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ވަނީ 38 ވަނަ މިނިޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފާރމިން ލޯޕޭޒް ވަނީ ބާސެލޯނާއަށް ކުރި ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ވިޔަރެއާލްގެ ސަންޓި ކޮމެސާނާ އަދި ބުޗަނަން ޖެހި ދެ ލަނޑާއެކު މެޗު ނިމުނީ ވިޔަރެއާލްގެ ކާމިޔާބީއާ އެކުގައެވެ.

މީގެއިތުރުން ސެވިއްޔާގެ ދަނޑުގައި ރެއާލް މެޑްރިޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ސެވިއްޔާގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މެޗު ނިންމާލާފައިވަނީ 9 ކުޅުންތެރިންނާ އެކުގައެވެ. މިމެޗު ކިލިއަން އެމްބާޕޭ އަދި ޖޫޑް ބެލިންހަމް ޖެހި ދެ ލަނޑުން ރެއާލް މެޑްރިޑް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިއީ ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ރަށުން ބޭރުގައި ކުޅޭނެ ފަހު މެޗެވެ. މި ސީޒަނަށްފަހު އޭނާ ވަކިވެ، ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާއިރު، އޭނާގެ ފަހު މެޗަކީ މި މަހުގެ 25 ވަނަ ދުވަހު ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅޭ މެޗެވެ. މިމެޗުގައި އެންޗެލޯޓީގެ އިތުރުން މިސީޒަނުގައި ރެއާލް ދޫކޮށްލާ ކުޅުންތެރިންނަށް ބޮޑު ފެއާރވެލް އެއް ދޭނެ ކަމަށް ބެލެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ސީޒަނުން ފެށިގެން ލަލީގާގެ ވީއޭއާރ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއްކުޅިވަރު | 3 ގަޑިއިރު ކުރިންސްޓެގެން އަތުން ކެޕްޓަން ބޭންޑް އަތުލަން ބާސާއިން ނިންމައިފިކުޅިވަރު | 4 ދުވަސް ކުރިންބާސާގެ ސްކޮޑުން އުނިކުރުމަށް ސްޓެގެން ދެކޮޅުހެދުމާއެކު، ރަޝްފޯޑާއި ގާސިއާ ރެޖިސްޓްރީ ކުރުމުގައި އިތުރު މައްސަލަތަކެއް ކުޅިވަރު | 5 ދުވަސް ކުރިންރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 5 ދުވަސް ކުރިން