logo
ޚަބަރު

އިސްރާއިލުގެ އަނިޔާވެރި ހަމަލާތައް ރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފި

އާމިނަތު ޝަފާ
19 މޭ 2025 - 04:14
އިސްރާއިލުގެ އަނިޔާވެރި ހަމަލާތައް ރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފި

އިސްރާއިލުގެ އަނިޔާވެރި ހަމަލާތައް ރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފިއެވެ.

ހަމަލާތައް ކުށްވެރިކޮށް ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ އިއްޔެ އެކަނިވެސް ޣައްޒާއަށް ދިން ލާއިންސާނީ ހަމަލާތަކުގައި ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮސްލާފައިވާކަމަށާއި މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރަށް ބަޔާނުގައި ވަނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖޭގެ ފަރާތުން ގޮވާލާފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަން މި ބަޔާނުގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންއިސްރާއީލުގެ ޣައްޒާ ހިފުމުގެ ޕްލޭނަކީ ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން : ދިވެހި ސަރުކާރު ޚަބަރު | 13 ދުވަސް ކުރިންފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފްރާންސުން ނިންމުމުން ރާއްޖެއިން މަރުހަބާކިޔައިފި ޚަބަރު | މަހެއް ކުރިން