ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޚާއްސަ އެވޯޑެއް


19 މޭ 2025 - 14:12
ދުންފަތް ކޮންޓްރޯލުކުރައްވަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑެއް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވައިފިއެވެ.
ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި ދުންފަތުން ދުރުހެލިވެފައިވާ ޖީލެއް އުފެއްދުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ޚާއްސަ އެވޯޑު އެމަނިކުފާނަށް ލިބިވަޑައިގެންނެވި އިރު ރާއްޖޭގައި ދުންފަތުން ދުރުހެލިވެފައިވާ ޖީލެއް ބިނާ ކުރުމަށް ރައީސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި ޒުވާނުން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އަޅުއްވާ ފިޔަވަޅުތަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ފާހަގަކުރައްވައެވެ. އެގޮތުން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްވެސް ޑަބްލިޔުއެޗްއޯ ގެ ދެކުނުއޭޝިއާ ސަރަހައްދުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެއީ މި ސަރަހައްދުގައި ޖެނެރޭޝަނަލް ބޭންން ގެންނަނަށް ނިންމި ފުރަތަމަ ޤައުމެވެ.
ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ފާސްކޮށް، ނޮވެމްބަރު މަހުންފެށިގެން ޢަމަލުކުރަން ފަށްޓަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.
މިހާރު އެ ބިލުގެ މަސައްކަތް ވަނީ މަޖިލީހުގެ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން