އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން "ވޯކް އިން އިންޓަވިއު" އަންނަ ހޮނިހިރު ދުވަހު

19 މޭ 2025 - 17:43
މޯލްޑިވްސް އިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު "ވޯކް އިން އިންޓަވިއު" އެއް ބާއްވާ، 50 އޮފިސަރުން ވަޒީފާއަށް ހޯދަން ނިންމައިފިއެވެ.
މި އިންޓަވިއު އޮންނާނީ ގަލޮޅު ސްކޫލުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައިވުމާއެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން ހިމެނެއެވެ. ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން ޝަރުތު ކުރެވިފައިވެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށްވުރެ ދޮށީ މީހަކަށް ނުވުމަކީވެސް ޝަރުތެކެވެ.
މި ވަޒީފާތަކަށް މީހުން ހޯދަން އިޢުލާން ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމާ ދިމާކޮށްކަން ފާހަގަކުރެވެއެވެ. ސަރުކާރުން އަންނަނީ މި އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ.
މި ވަޒީފާތަކަށް މީހުން ހޯދުމަކީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ހަރުދަނާކުރުމަށާއި، އިތުރުވަމުންދާ ފަތުރުވެރިންގެ އަދަދާއެކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން