logo
Bank of Maldives

Bank of Maldives

ޚަބަރު

މުލި-ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ޒަލީފް
20 މޭ 2025 - 11:11
މުލި-ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

މުލަކަތޮޅު މުއްޔާއި ނާލާފުށި ގުޅާލުމަށް ހަދާ މުލި - ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 125.58 މިލިޔަން ރުފިޔާއަށެވެ. އެ ކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ކޯޒްވޭ މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން މި މަޝްރޫޢުގައި ހިމެނެއެވެ.

މުލީ އެއަޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މި މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ރަށް ގުޅުވާލުމަކީ އިޤްތިޞާދީ މަސައްކަތެއްކަމަށެވެ. ދެރަށް ގުޅުވާލުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެކަމަށެވެ.

"ނާލަފުށިގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭމެ. ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަވޭ. އެމްޓީސީސީއާއެކު ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އީއައިއޭވެސް ވަނީ ނިންމާފައި. އެހެންވީމަ މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށް ޔަޤީންކުރަން. ދީފައި އޮތް މުއްދަތަށްވުރެ އަވަހަށް ނިންމާނެކަމަށް ޔަޤީންކުރަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިން ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | 20 ގަޑިއިރު ކުރިންމަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޚަބަރު | ދުވަހެއް ކުރިންފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | ދުވަހެއް ކުރިން