ޒުވާން ހަތީބުން އުފެއްދުން: ތިންވަނަ ބުރުގެ އިންޓަރވިއު ކުރިއަށް


21 މޭ 2025 - 11:36
'ޒުވާން ހަތީބުން' ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފި އެވެ.
މިކަމާ ގުޅޭގޮތުން، އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، ޒުވާން ހަތީބުން ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް 338 ފަރާތަކުން ފޯމު ހުށައަަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 269 ފަރާތެކެވެ.
މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިންކަން އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ހަތީބުންނަށް ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމާއި ދީނާ ގުޅުންހުރި އެހެން ބައެއް ދާއިރާތަކުން ހާއްސަ ތަމްރީނުތައް ދޭނެ އެވެ.
ޕްރޮގްރާމުގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލުތަކަށް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.މި ހާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
9 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
8 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
8 މަސް ކުރިން