logoEN
ޚަބަރު

ސަބްސިޑީޒްއަށް ކުރި ޚަރަދު 4.9 އިންސައްތަ ދަށަށް

އާމިނަތު ސަފާއާމިނަތު ސަފާ

21 މޭ 2025 - 13:29

ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ޚަރަދު މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 އިންސައްތަ ދަށްކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން 20 މެއި 2025 ގައި އާންމުކުރި، 15 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ޚަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ޚަރަދުގެ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 އިންސައްތަ ދަށް ޢަދަދެކެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 24.0 އިންސައްތައިން ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައެވެ.

ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 23.7 އިންސައްތަ، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ޚަރަދު މިވަނީ 71.3 އިންސައްތައިން ދަށްކުރެވިފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ޚަރަދުގެ 8.5 އިންސައްތައެވެ.

ކޮމެންޓް

871x217_placeholder