logoEN
ދުނިޔެ

ޔަހޫދީން ބުއްދި ސަލާމަތުން ތިބިނަމަ ފަލަސްތީނުގެ އާއްމުންނާ ހަނގުރާމައެއް ނުކުރާނެ: ޔަހޫދީ ކުރީގެ ބޮޑުވަޒީރު

އާމިނަތު ސަފާއާމިނަތު ސަފާ

21 މޭ 2025 - 14:08

ޣައްޒާގައި އިސްރާއީލުން މިހާރު ހިންގަމުންދާ ޢަމަލުތަކަުތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށާއި ޔަހޫދީ ސަރުކާރުން ބުއްދި ސަލާމަތުން އޮތްނަމަ ފަލަސްތީނުގެ އާއްމުންނާ ހަނގުރާމަ ނުކުރާނެކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމާޓް ވިދާޅުވެއްޖެއެވެ.

އިސްރާއީލު-ހަމާސް ހަނގުރާމައަކީ "މަޤްޞަދެއް ނެތް" ހަނގުރާމައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.2006 އިން 2009 އަށް އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރެއްވި އޮލްމާޓް އަންގާރަ ދުވަހު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮންމެ ގޮތަކުން ބެލިޔަސް ހަނގުރާމަކުރަނީ ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ނޫންކަން އިސްރާއީލުގެ ސިފައިންނަށް އެނގެންޖެހޭކަމަށެވެ. އަދި ހަމާސްއިން ޔަހޫދީ ފައުޖާ ދެކޮޅަށް ޖިހާދީ ހަމަލާތައް ދޭއިރު ޔަހޫދީ ފައުޖުން އުޅެނީ ފަލަސްތީނުގެ އާއްމުންގެ ނަސްލު ނައްތާލަންކަމަށް އޭނާ ވަނީ ބުނެފައެވެ. ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ގޮލަންގެ މި ބަސްތައް ވަނީ ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން ޔަހޫދީ ފައުޖުގެ ރިޒާވް މޭޖަރ ޖެނެރަލް ގޮލަން ވަނީ އިސްރާއީލުން ކުޑަކުދިން މަރަނީ ހިތްހަމަޖެހުމަށް ކަމަށް ބުނެފައެވެ.

ޣައްޒާގައި ތިބި 14،000 ކުޑަކުދިން 48 ގަޑިއިރުގެ ތެރޭގައި ކާނާއާއި ފަރުަރުވާ ނުލިބިއްޖެނަމަ މަރުވެދާނެ ކަމަށް މިއަދުވެސް ސިއްހީ ވުޒާރާތަކުން ވަނީ އިންޒާރު ދީފައެވެ. މިފަދަ ދަނޑިވަޅެއްގަައި ކުޑަކުދިން މަރަނީ ހިތްހަމަޖެހުމަށް ކަމަށް ގޮލަން ބުނުމުން މުޅި ދުނިޔެއިން ދަނީ އެކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރަމުންނެވެ.

އިސްރާއީލުގެ އިސްވެރިންބުނާ ގޮތުން އަންގާރަ ދުވަހު 93 އެހީގެ ޓްރަކު ޣައްޒާއަށް ވަދެފައިވެއެވެ. މިއީ 11 ހަފުތާގެ ހިސާރަށްފަހު ވަދެފައިވާ އެހީއެވެ. ނަމަވެސް ބުދަ ދުވަހުގެ ހެނދުނާ ހަމައަށްވެސް މި އެހީ ބަހާފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder