logoEN
ޚަބަރު

މަސްވެރިންގެ ދުވަހުގެ ޖަލްސާ ބޭއްވުމާށް ބޭނުންވާ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު

ހުސައިން ވަސީމްހުސައިން ވަސީމް

19 މޭ 2025 - 12:44

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ.ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހެވެ.

މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށް ކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި:

ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް ހަމަ އެ އަހަރު އެރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުމާއި، މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ، ފަހަރަށް މަސްވެރިންގެ ދުވަސް ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ވުޒާރާއިން ބަލާނެ އެވެ. އަދި އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލާއި، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާއި، ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ، އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ، ޤާބިލްކަން ހުރި ނެތް މިންވަރަށްވެސް ބަލާނެ އެވެ.

މީގެއިތުރުން ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުން ތިއްބެވުމަށް، ހަމަޖައްސަވާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށްވެސް ޒުވާރާއިން ބަލާނެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެރަށަކީ މަސްވެރި ރަށެއްކަމުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ބަލާނެ އެވެ. މަސްވެރި ރަށެއް ކަމުގައި ބަލާނީ އެރަށެއްގައި، ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި، އުޅަނދުފަހަރުގެ ޢަދަދަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށްއެދޭ ފޯމު 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ.

ކޮމެންޓް

871x217_placeholder