ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށްގެން:ރައީސް


22 މޭ 2025 - 07:18
ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށެވެ.
ގުތުރަތީގޮތުން ރާއްޖެއަށް ލިބިފައިމިވާ އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ގުދުރަތީގޮތުން ރީތި ގައުމެކެވެ.ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންވެސް ރާއްޖެއާއި މެދު އެންމެ ހިއްހަމަ ޖެހޭ އެއްކަމަކީ ރާއްޖޭގެ ގުދުރަތީ ރީތި ގޮނޑުދޮށްތަކާއި މުރަކައިގެ ފަރުތަކެވެ. ރާއްޖެއިން ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތަ ހިއްސާ ކުރެއެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތައް އޮތީ ރާއްޖޭގައެވެ.
މިއަހަރުގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރަކީ "ހާމަރނީ ވިތް ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީ"އެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
10 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން