logo
E-Platinum
ޚަބަރު

އަތޮޅުތެރޭގެ އޭޓީއެމްކުން އަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވޭ

އާމިނަތު ޝަފާ
22 މޭ 2025 - 09:25
އަތޮޅުތެރޭގެ އޭޓީއެމްކުން އަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވޭ

އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށާއި އޭޓީއެމްގެ ޚިދުމަތަކީ ކިހާ މުހިންމު ހިދުމަތެއްކަން މިކަމުން އެނގިގެންދާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ހިންހާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ގާއިމުކޮށްފައެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ ލިބޭ ފަޚުރެއްކަމަށެވެ.

" ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިންގ އަދި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން."

ޝަރީފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށާއި މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމށެވެ. މި އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ޚިދުމަތެއްކަން ހާމަވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 179 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނެއްކާ ވެސް ލުޔެއް: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރު ނެގޭނެޚަބަރު | 15 ދުވަސް ކުރިން"ޓީމޫ ފަދަ އީކޮމާސް ވިޔަފާރީގެ މުޢާމަލާތްތަކަށް މަހަކު 33.7 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ"ޚަބަރު | 16 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސް އިން އީއެންވީ ޕޮސް ތައާރަފްކޮށްފިޚަބަރު | 21 ދުވަސް ކުރިންށ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން، އަތޮޅުގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭޚަބަރު | 2 މަސް ކުރިން