ށ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން، އަތޮޅުގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭ


24 މޭ 2025 - 13:13
ށ. އަތޮޅު އޭޓީއެމް ޚިދުމަތް ނެތް 10 ރަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ފެށުމާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ގާއިމުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުންނެވެ. މިއީ އެ ކުންފުނީގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގާއިމުކުރަމުންދާ ޚިދުމަތެކެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މި މަޝްރޫއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިންގ ޚިދުމަތްތައ،ް ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢު މިހާ ހަލުވި ސްޕީޑޭއްގައި ގެންދެވޭކަމީ ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށް ސީއީއޯ ވަނީ ފާހަގަކުރަށްވާފައެވެ.
މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވައި، މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމު ކުރުމަށް ބީއެމްއެލްގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
'' އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލުވެވޭނެ. ބޭންކިންގ ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި،" ޝަރީފް ވިދާޅުވިއެވެ .
މީގެ އިތުރުން ޝަރީފް ވަނީ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލައްވައިފައެވެ.
"ރަށްރަށުގެ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެން އަތޮޅުތެރޭ ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވޭ. މި އަދަދުންވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ޚިދުމަތަކީ ކިހާ މުހިންމު ޚިދުމަތެއް ކަން ވަރަށް ބޮޑަށް ހާމަވެގެންދޭ'' ޝަރީފް ވިދާޅުވެފަވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުންޏެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
9 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
9 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
9 މަސް ކުރިން