ޚަބަރު
އާމިނަތު ސަފާ



ރައުދު ބަންދުން ދޫކޮށްލައިފި


22 މޭ 2025 - 09:55
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ.
ރައުދު ބަންދުން ދޫކޮށްލާފައިވާކަން ހާމަވީ އޭނާ ބަންދު ކުރުމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލަ މިއަދަށް ތާވަލުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން މައްސަލަ އަނބުރާ ގެންދިޔުމުން ނެރުނު ރިޕޯޓުގައެވެ.
އެހެންކަމުން، އެ އިސްތިއުނާފް މައްސަލަ ބާޠިލުކޮށްފައިވާ ކަމަށް ހައިކޯޓްގެ އަމުރުގައިވެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ.
އިތުރު ލިޔުންތައް

ކާރު އެކްސިޑެންޓްގައި މީހަކު ނިޔާވުން: ވިސާމްގެ ބަންދަށް ލުޔެއް ނުދިން
7 މަސް ކުރިން
ދިރިއުޅޭ އެޑްރެސް ސާފުނުވާތީ ބޭރުކޮށްލި މައްސަލަ އަލުން ހައިކޯޓަށް
7 މަސް ކުރިން
ބައްސާމް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ހައިކޯޓަށް ބަލައެއް ނުގަތް
7 މަސް ކުރިން