logo
MPL

MPL

ޚަބަރު

ޔޫއޭއީ އެމްބަސީގެ މައްސަލަ ހައިކޯޓަށް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 އޮކްޓޯބަރު 2024 - 04:13
ޔޫއޭއީ އެމްބަސީ
ޔޫއޭއީ އެމްބަސީ

މާލޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ކުލީގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މި މައްސަލަ އަކީ އެމްބަސީހިންގާ އިމާރާތުގެ ކުލީގެ ގޮތުގައި ނުދައްކާ 1.4 މިލިއަން ރުޕިޔާ ހޯދުމަށް ގ.ނިއުޝާ އާމިނަތު އަހުމަދު ދީދީ ހުށަހެޅި މައްސަލައެކެވެ. އެއީ 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ދެމެދު ތިން ބުރީގެ އިމާރާތުގެ ކުލި ދައްކާފައި ނުވާ ކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ކޯޓުން މީގެ ކުރިން އެ މައްސަލަ ކުރި ހުކުމްގައި ބުނެފައިވަނީ ޔޫއޭއީ އެމްބަސީގެ ޑިޕްލޮމެޓިކް އިމިއުނިޓީގެ ސަބަބުން އެމައްސަލަ ނުބެލޭނެކަމަށެވެ. އެ ހުކުމުގައި ބުނެފައި ވަނީ އެމްބަސީގެ ޑިޕްލޮމެޓިކް ސްޓޭޓަސްގެ ސަބަބުން އެ މައްސަލަ ބެލެހެއްޓުމަށް ކޯޓުން ހުރަސް އެޅިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ. މި މައްސަލަ އަކީ އެ ތަނުގެ ކުލީގެ ގޮތުގައި ނުދައްކާ ހުރި 92،000 ޑޮލަރު (1.4 މިލިއަން ރުޕިޔާ) އަށް ވުރެ ގިނަ ފައިސާ ހޯދުމުގެ މައްސަލަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑްވާންސް ކުލި ދައްކައިގެން ހަވާލުނުކުރި ފްލެޓަށް 600,000 ރުފިޔާގެ ބަދަލުކޯޓް ރޫމް | 4 ދުވަސް ކުރިންއޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިސާ ގެއްލުނު މައްސަލާގައި ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | މަހެއް ކުރިންތަރިކައިގެ ބައި ހަދިޔާކުރެވޭނީ ޝަރުޠަކާ ނުލައި: ހައިކޯޓުކޯޓް ރޫމް | މަހެއް ކުރިންމާމައަށް ވިސާ ލިބުމަކީ ކުއްޖާގެ މަސްލަހަތު ބަދަލުވުމެއް ނޫން: ހައިކޯޓުކޯޓް ރޫމް | 2 މަސް ކުރިން