logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަނީ

އާމިނަތު ޝަފާ
23 މޭ 2025 - 04:36
މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ހައްޤުތަކާއި، ކުޑަކުދީންގެ ހައްޤުތަކާ، ނަފްސާނީ ދުޅަހެޔޮކަމާ، އާއިލާ ރޭވުންފަދަ މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމުގެ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދެ ވުޒާރާގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކޮށްފައިވާއިރު މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރަހަފަތް" މައުރަޒު ހުޅުވައިފިޚަބަރު | 2 މަސް ކުރިންރަހަފަތް؛ އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންއިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަނެއްޚަބަރު | 3 މަސް ކުރިން"ގައުމެއްގެ އިޖުތިމާޢީ ރައްކާތެރިކަމުގައި އެންމެ މުހިންމީ އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިވުން"ޚަބަރު | 3 މަސް ކުރިން