logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަނެއް

މުޙައްމަދު އަފްރާޙް
15 ޖެނުއަރީ 2026 - 14:39
އިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަނެއް

ދިވެހި ފުލުހުންގެ ޚިދުމަތާއި ހުޅުމާލެ އިސްރަށްވެހިންގެ ނާދީ ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

ހިޔާ 8 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަނަކީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ އެކި ބާވަތުގެ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، މިފަދަ ކަންކަމަށް ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ފޯރުކޮށްދިނުމަށް ބޭއްވި ސެޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރަށްވެހިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން މިފަދަ ތަފާތު ހަރަކާތްތައް ކޮންމެ ހަފުތާއަކުވެސް އިސްރަށްވެހިންގެ ނާދީގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން، އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ފުލުހަކާއި ސިފައިންގެ ބޭކަލަކާއި ކައްޕި ގެއްލިއްޖެޚަބަރު | 3 ގަޑިއިރު ކުރިންތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިޚަބަރު | 18 ގަޑިއިރު ކުރިން16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފިޚަބަރު | 3 ދުވަސް ކުރިން