logoEN

ނަތަންޔާހޫއަށް ޓްރަމްޕް ދޭ އަޙައްމިއްޔަތު ވަރަށް ބޮޑަށް ކުޑަވެއްޖެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

23 މޭ 2025 - 12:05

ޒަޔަނިސްޓުންގެ ހައްދުފަހަަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޭ އަޙައްމިއްޔަތު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ޔަހޫދީ މީޑިޔާތަކުން ބުނަން ފަށައިފިއެވެ.

އެ ކަމަށް ބާރުދޭ އެއް ހެއްކަކީ، ދާދި ފަހުން ޓްރަމްޕް ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅެވެ. ޓްރަމްޕަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަދި ރަޙުމަތްތެރި ކަމުގައި ނަތަންޔާހޫ ވަކާލާތު ކުރަމުންދާއިރު، ޓްރަމްޕްގެ ދަތުރުފުޅުގައި ޒަޔަނިސްޓުންގެ އިސްރާއީލަށް ވަޑައިގަންނަވާފައެއް ނުވެއެވެ. ނިރުބަވެރި ނަތަންޔާހޫ ބައްދަލު ކުރައްވާފައެއް ނުވެއެވެ. އެއިން ދޭހަކޮށްދެނީ، ނަތަންޔާހޫ ސިިކުނޑީގައި އެނބުރެމުންދާ ކުށް ހީތަކެވެ. ވިސްނުމުގައި ހުރި ކަސިޔާރުކަމެވެ.

ގަލްފަށް ޓްރަމްޕް ކުރައްވާފައި ވަނީ ވަރަށް ވެސް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި އެކުވެރި ޢަަރަބި ޢިމާރާތް (ޔޫއޭއީ)އަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ތިން ޤައުމާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ވަނީ އިތުރު ހަރުފަތްތަކަކަށް އުފުލިގެން ގޮސްފައެވެ. އެ ޤައުމުތަކާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވި، މާލީ ގޮތުންނާއި އިޤުތިޞާދީ ދާއިރާއިން އަދި އިންވެސްޓްމެންޓުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ.

ފަލަސްޠީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް ނިރުބަވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރި ކުރުމުގެ އަޑުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ގަދަވަމުންނެވެ. ޔަހޫދީންގެ ޢުދުވާން ކުށްވެރި ކުރުމުގެ އަޑުތައް ދުނިޔޭގެ ހަތަރު ފަރާތުގައި ދަނީ ގުގުމަމުންނެވެ. ކަން މިހެން އޮއްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ، އިސްރާއީލަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ކެންސަލް ކުރައްވާފައެވެ. މިއީ، ނަތަންޔާހޫގެ އަބުރަށް ލިބުނު ހުތުރެކެވެ. ދުނިޔޭގެ ލޯތައް ކުރިމަތީގައި އޭނާ ބަދުނާމުވެގެން ދިޔަ ނިންމުމެކެވެ.

ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފޫގަޅައިގެން އޮތް އެމެރިކާއިން މިހާރު ދަނީ އީރާނާ އެކު މަޝްވަރާތައް ބާއްވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މިއީ ޔަހޫދީންނަށް ޓްރަމްޕް ދެއްވި ބޮޑު ކެއްސެކެވެ. ޔަހޫދީންގެ އަތްތިލައިގައި ތަފާލެއްއެޅުން ފަދަ ކަމެކެވެ. އެ މަޝްވަރާތަކުގައި ޔަހޫދީން ބައިވެރި ކުރުމަށް ޓްރަމްޕް އިންކާރު ކުރެއްވުމަކީ، ދުނިޔޭގެ ކުރިމަތީގައި ނަތަންޔާހޫ ލަދުގަންނަވައިލި ނިންމެވުމެކެވެ.އީރާނުގެ އިތުރުން ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން ވަނީ ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ އެކު ވެސް މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ. ނުވިތާކަށް، ޙޫޘީންނާ އެކު އެއްބަސްވުމެއް ވެސް އެކުލަވައިލާފައެވެ. ޙޫޘީިންނަކީ، ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގައި ހިމެނޭ ބާރުގަދަ ލަޝްކަރެކެވެ. އެ ޖަމާޢަތުން މިހާރު ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރުތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder