logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
28 އޮކްޓޯބަރު 2024 - 04:57
އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ގާތްގަޑަކަށް ދެ ހަފްތާއަށް ވެފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރައްވާނެ ބޭފުޅަކު ބެލުމަށް ގިނަ ޕޯލްތަކެއް ނަގާފައިވެއެވެ.

ފޯރްބްސް ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ފަހުން ނެގި ޕޯލްގައި ކުރީގައި އުޅެނީ މިހާރުވެރިކަން ކުރާ ޑެމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް ކަމަލާ ހެރިސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދެ ޕޯލުން ހެރިސް ކުރި ހޯއްދެވި ނަމަވެސް ގިނަ ސާވޭތަކުން ދައްކާ ގޮތުގައި ހެރިސްއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވާދަވެރިކަން ބޮޑެވެ.

ހެރިސް ކުރި ހޯއްދަވާފައި ވަނީ އިއްޔެ އާންމުކޮށްފައިވާ އޭބީސީ/އިޕްސޯސްއިން ނަގާފައިވާ ޕޯލެއްގައެވެ. އިންތިޚާބު ކާމިޔާބު ކުރައްވާނީ ޓްރަމްޕް ކަމަށް 47 އިންސައްތަ މީހުން ބުނެފައިވާއިރު، 51 އިންސައްތަ މީހުން ބުނެފައި ވަނީ ހެރިސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. މިއީ މި މަހުގެ ކުރީކޮޅު ނެގި ޕޯލާއި އަޅާބަލާއިރު، ހެރިސް އަށް ލިބުނު ކުރިއެރުމެކެވެ. އޭރު ނެގި ޕޯލުން ހެރިސް ލިބިފައި ވަނީ 50 އިންސައްތައެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ހެރިސް އަދި ޓްރަމްޕް ވެސް އަންނަނީ ކެމްޕޭނު ކުރައްވަމުންނެވެ.

ކެމްޕޭނުގެ އެންމެފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ޓްރަމްޕްގެ ކެމްޕޭނު ހަރަކާތްތައް އޭނާގެ އުފަން ރަށް ނިއު ޔޯކުގައި މެޑިސަން ސްކެއާ ގާޑަންގައި ބާއްވާފައިވާއިރު، ހެރިސް ވަނީ ސްވިންގް ސްޓޭޓް ޕެންސިލްވޭނިއާގައި ކެމްޕޭން ކުރައްވާފައެވެ.

ދެ ކެނޑިޑޭޓުންވެސް ދަނީ މުހިންމު އިވެންޓްތަކަށް ތައްޔާރުވަމުންނެވެ. މީގެތެރެއިން ކަޅު ނަސްލުގެ އަދި ލެޓިނޯ އަވަށްތަކަށް އަމާޒުކޮށް ހެރިސް ފިލަޑެލްފިއާގައި ކެމްޕެއިން ކުރައްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތްދުނިޔެ | 2 ދުވަސް ކުރިންއެމެރިކާގެ 13 ސިފައިން މަރުވެ 200 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެއްޖެދުނިޔެ | 2 ދުވަސް ކުރިންނޯބެލް ސުލްހައިގެ އިނާމް ހައްގުކަމަށް ވަކާލާތުކުރަށްވާ ޓްރަމްޕް ވިދާޅުވީ އިނާމަށް ޝައުގެއް ނެތްކަމަށްދުނިޔެ | 4 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 5 ދުވަސް ކުރިން