logo
E-Platinum
ޚަބަރު

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރުން މާދަމާ

އާމިނަތު ޝަފާ
25 މޭ 2025 - 04:15
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރުން މާދަމާ

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާދަމާ ފުރާނެއެވެ.

ދިވެހި ހައްޖު މިޝަންއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މާދަމާއެވެ.

މީގެ އިތުރުން އަންގާރަ، ބުރާސްފަތި އަދި އަންނަ ހުކުރު ދުވަހުވެސް ހައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ ސައުދީ އަރަބިއަން އެއާލައިން އިން ޖުމްލަ 235 ހައްޖުވެރިން ފުރާއިރު އަންގާރަދުވަހު 257 ހައްޖުވެރިން ބުރާސްފަތި އަދި ހުކުރު ދުވަހުންކުރެ ކޮންމެ ދުވަހަކު 250 ހައްޖުވެރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާނެއެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވައިފައެވެެ.

އެހެންކަމުން މި ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި އެއާޕޯޓުން ފުރާ އެހެން މީހުންވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެ ދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުުރުން ހައްޖުވެރިންނާއެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

 

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައިސްފި ޚަބަރު | މަހެއް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 2 މަސް ކުރިންހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިޚަބަރު | 2 މަސް ކުރިންޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމްޚަބަރު | 2 މަސް ކުރިން