logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2025 - 16:42
ޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމް

މިއަހަރު ދިވެހި ހައްޖުވެރިން ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ދީފައިވާ މަޢުލޫމާތުގެ މަތިން 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އޭގެ ބަދަލުގައި، އެއް ފްލައިޓްގައި ދާ މީހުން 18 ދުވަސް އަދި އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މީގެ އަހަރުތަކެއް ކުރިން ޙައްޖަށްދާ މީހުން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި ޢާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބިފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ." މިނިސްޓަރު އިތުރަށް ވިދާޅުވެފަވެއެވެ.

މިއަހަރު ޙައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވީމާ ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރަން، ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން ދެން." ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ހައްޖުވެރިންނަށް މި ސަރުކާރުގެ މަސައްކަތުން ހަމަޖައްސައިދީފައި ވަނީ ތާރީޚްގައި ވެސް ނުލިބޭ ލުއިފަސޭހަ ދަތުރެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންޢުމްރާ ވިސާގައި ސައުދީއަށް ވަދެވޭ މުއްދަތު ކުޑަކުރަނީޚަބަރު | 2 ދުވަސް ކުރިންފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީޚަބަރު | 5 ދުވަސް ކުރިންރޯދަމަހުގެ އުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 14 ދުވަސް ކުރިން